ވޮލީ ބޯލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ޕްރެޒިޑެންޓްކަޕް ނޯތް 10 ޓީމާ އެކު ހދ ހަނިމާދޫގައި މިއަދު ފަށައިފި އެވެ.
މި މުބާރާތަކީ ހއ. އަދި ހދ. ގެ ރަށްތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތުގެ ހާއްސަ މެހެމާނުގެ ގޮތުގައި ހަނިމަދޫ ދާއިރާގެ މަޖލިސް މެންބަރު ހުސެއިން ޝަހުދީ އާއި ވޮލީ ބޯޅަ އެސޯސޭޝަންގެ ރައިީސް އާއި ހދ އަތޮޅު ކައުންސިލުގެ ރައީސް އަދި އަޕަރ ނޯތް .ޕޮލިސް ޑިވިޜަންގެ ކުރީގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު ބައިވެރިވެލެއްވި އެވެ
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރަތުގައި ގްރޫޕް އޭ ގައި ހިމެނެނީ ނޮޅިވަރަމް ކްލަބް ހުވާސް، ހޯރަފުށީ ބެލެނިވެރިންގެ ގުޅުން، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ، ނާވައިދޫ އަންހެނުންގެ ބަދަހި ގުޅުމުގެ އިތުރުން އިހަވަންދޫ ކްލަބް ޕޯލް ސްޓާ އެވެ. އަދި ގްރޫޕް ބީ ގައި ހިމެނެނީ ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް، ނޮޅިވަރަމްފަރު ޔޫތު ޑިވަލޮމްމެންޓް، ނޮޅިވަރަމް އެސޯސިއޭޝަން އޮފް ނީޑްސް އެންޑް ޑީޑްސް، ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބް އަދި މުރައިދޫ އަންހެނުންގެ ގުޅުމެވެ.
މިއަދު ކުޅުނު ފުރަތަމަ މެޗް ބައްދަލު ކުރީ ނޮޅިވަރަމް ކުލަބް ހުވާސް އާއި ހޯރަފުށީ ބެލެނިވެރިންގެ ގުޅުމެވެ. އޭގެ އިތުރުން ވެސް މިއަދު ވަނީ އިތުރު ދެ މެޗް ކުޅިފަ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް ކުޅުމައް ހަމަޖެހިފައިވަނީ މި ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗް ކުރިއަށް ދަނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ.
ޕްރެޒިޑެންޓްސް ކަޕް ނޯތު ވޮލީބޯޅަ މުބާރާތަކީ ވޮލީބޯޅަ އެސޯސިއޭޝަނުން އަންހެން ކުޅުންތެރިންނަށް އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.