ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ޓްރެފިކް ޕޮލިސް ޔުނިޓުން “އަމާން ވެއްޓަކަށް ބޮޑު ތިލަދުންމަތި” މި ޝިއާރުގެދަށުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ހަނިމާދޫ އަދި ނޮޅިވަރަންފަރުގައި ޓްރެފިކަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި އެވެ
އެގޮތުން ނޮޅިވަރަންފަރު ރައްޔިތުންނަން އެއްގަމު އުނޅަދުފަހަރު ޤާނޫނާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އަދި އެދުވަހު ގެވެށި އަނިޔާގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ވެސް އެރަށުގައި ފުލުހުން ކުރިއަށްގެންދިޔަ އެވެ.
ނޮޅިވަރަންފަރުގައި ފުލުހުން ކުރިއަށްގެންދިޔަ ޓްރެފިކް ޕްރޮގުރާމް.
ކުށް މަދު ކުރުމަށް ކުޅުދުއްފުށީ ޕޮލިސް ޓޭޝަނުން ފަށާފައިވާ ޕްރޮގުރާމްގައި އިއްޔެ ވަނީ ހަނިމާދޫގައި ވެސް ތަފާތު ޕްރޮގުރާމްތަކެއް ފަށާފަ އެވެ. އެގޮތުން ޓްރެފިކާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުށް ހުއްޓުވޭނެ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.
އަދި ގެވެށި އަނިޔާއާގެ ޤާނޫނާ ބެހޭގޮތުން މަލޫމާތުދީފައިވެ އެވެ. މި ޕްރޮގްރާންގައި މައުލޫމާތު ދީފައިވަނީ މައުލޫމާތު އެކުލެވޭ ލީފްލެޓާއި، އަޑުގަދަކުރާ ބޭނުންކޮށްގެންނެވެ
ނޮޅިވަރަންފަރުގައި ހިންގި ޓްރެފިކަށް ހޭލުންތެރިކުރުމަށް ބޭއްވި ޖަލްސާގައި އަތޮޅު ކޮމާންޑަރ ޗީފް އިންޕެކްޓަރ ނަސީމް ވާހަކަ ދައްކަވަނީ.
މި ޕްރޮގުރާމްގެ ދަށުން ކުޅުދުއްފުއްޓާއި ނެކުރަންދޫ އަދި ނޮޅިވަރަމްގައި ފުލުހުން ވަނީ ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ކުރިއަށްގެންގޮސްފަ އެވެ. މި ފްރޮގުރާމްގައި އިސްކޮށް އުޅުއްވަނީ ހދ.އަތޮޅު ކޮމާންޑަރ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަހުމަދު ނަސީމެވެ.
ހަނިމާދޫގައި ފުލުހުން ކުރިއަށްގެންދިޔަ ޓްރެފިކް ޕްރޮގުރާމްގެ ތެރެއިން–