twitterviber whatsapp telegramfacebookyoutube instagram
14th February 2026

ދަރިވަރަށް ގޯނާ ކުރި އިސްލާމް ޓީޗަރުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި

Dec 24, 2014

ހދ. ނާވައިދޫ ސްކޫލުގެ ގުރޭޑް 6 ގައި ތައުލީމް ހާސިލްކުރަމުންދާ 12 އަހަރުގެ ދަރިވަރަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެރަށު ކޮމާސް، އަބުދުﷲ ނައީމް(44)ގެ މައްޗަށް ދައުވާކުރުމަށް ޕުރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީގެ އޮފިޝަލަކު ވިދާޅުވީ އެމައްސަލަ ފޮނުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

މައްސަލާގެ ބާވަތުން އޭނާގެ ޝަރީއަތުގެ މަރުހަލާ ނިމެންދެން ޕީޖީގެ އެދިލެއްވުމަށް އޭނާ ހުރީ ގޭ ބަންދުގަ އެވެ.

މި އަހަރުގެ އޮގަސްޓްމަހު 27 ވަނަ ދުވަހު ހައްޔަރުކުރި އަބުދުﷲ ނައީމްގެ މުއްދަތު ވަނީ ކުޅުދުއްފުށީ ކޯޓުން 5 ފަހަރު އިތުރުކޮށްދީފަ އެވެ. އޭނާގެ ބަންދުގެ މުއްދަތަށް ކޮންމެ ފަހަރުކުވެސް ޖަހާފައިވަނީ 15 ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355