twitterviber whatsapp telegramfacebookyoutube instagram
12th August 2026

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތުގުޅާލުމެއް ކުޅުދުއްފުށީގައި ބާއްވައިފި

Dec 26, 2014

2004 ވަނަ އަހަރު ޑިސެމްބަރު މަހު 26 ވަނަ ދުވަހު މުޅި ރާއްޖޭ ރޮއްވާލި ސުނާމީ ކާރިސާއަށް 10 އަހަރު ފުރުން ހަނދާންކުރުމުގެ ގޮތުން ކުޅުދުއްފުށިގައި އަތުގުޅާލުމެއް ބާއްވައިފި އެވެ.

އެއްބައިވަންތަކަމުގެ ދުވަސް ހަނދާންކުރުމުގެ ގޮތުން މިއަދު ހެނދުނު ކުޅުދުއްފުށީގައި ބަންޑާރަ މައިދާނުގައި ބޭއްވި އަތުގުޅާލުމުގައި ބައިވެރިވެފައިވަނީ ނިސްބަތުން ” މަދު ” ބައެކެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ހދ އަތޮޅު ކައުންސިލު އިދާރާގެ ޑިރެކްޓަރ ޖެނެރަލް އިބުރާހިމް ރަޝީދު ވިދާޅުވީ “ހަގީގަތުގައި ވެސް އެދުވަހު ދިވެހީންގެ އަސްލު ސޫރަ އަސްލު ސިފަ ފެނިގެންދިޔަ. އެއްވެސް ތަފާތުކަމެއް ނެތި ވަރަށް އެއްބައިވަންތަކަމުގެ ރޫހެއްގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެމީހެއްގެ ޖާނާ މާލުން ގުރުބާންވަމުން ދިޔަ މަންޒަރު” ކަމަށެވެ.

“ރެއާ ދުވާލު ނިދުމެއް، ވަރުބަލި ފިލުވުމެއްނެތި މަސައްކަތްކުރަމުން ދިޔައީ ހާލުގައި ޖެހިފައިވާ މީހުންނަން އެހީތެރިކަން ފޯރުކޮށް ދިނުމަށް” އިބުރާހިމް ރަޝީދު ވިދާޅުވި އެވެ.

އިބުރާހިމް ރަޝީދު ވާހަކަދައްކަވަނީ– ފޮޓޯ: ވާހިދު

މި ހަފްލާގައި އެކި ފަރާތްތައް ދުވަހާ ގުޅޭ ޝުއޫރު ފާޅުކޮށްފައިވާއިރު ހަމަހިމޭން ކަމުގެ ސުކޫތެއްވެސް ވަނީ ގެނެސްފަ އެވެ.

[yass cats=159]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355