twitterviber whatsapp telegramfacebookyoutube instagram
24th December 2025

ހދ އަތޮޅުގެ ހުރިހާ ކައުންސިލެއް އެއް އުސޫލަކުން ހިންގުމަށްޓަކައި ދެލިކޮޕީއެއް އެކުލަވާލައިފި

Jan 1, 2015

ހދ އަތޮޅުގެ ހުރިހާ ކައުންސިލެއް އެއް އުސޫލަކުން ހިންގުމަށްޓަކައި ހދ އަތޮޅު ކައުންސިލުން ދެލިކޮޕީއެއް އެކުލަވާލައިފި އެވެ.

ހދ އަތޮޅުގެ މީޑިއާ ކޮޑިނޭޓަރ އަބްދުލްމުހައިމިން ވިދާޅުވީ މި ދެލިކޮޕީއާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ހުރިހާ ކައުންސިލްތަކުގެ ވެރިންނާއެކު ޖަލްސާއެއް އަންނަ ޖެނުއަރީ މަހު ބޭއްވިގެން ދާނެ ކަމަށެވެ.

އޭގެ އިތުރުން މިހާރުވަނީ ހުރިހާ ކައުންސިލްތަކަކަށް ދެލިކޮޕީ ފޮނުވާފައި ކަމަށާއި މި ދެލިކޮޕީއަށް ގެންނަން ބޭނުން އިސްލާހުތަކާއި ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށްވެސް މުހައިމިން ވިދާޅުވި އެވެ.

މި ދެލިކޮޕީ ބަހައިލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށް ކަމަށާއި އެއް ބަޔަކީ ރަށު ކައުންސިލްގެ އިދާރީ ހިންގުން އިސްލާހުކޮށް ހަރުދަނާ ކުރުން ކަމަށާއި ދެވަނަ ބައިގައި ހިމެނޭނީ ކައުންސިލަރުންގެ މަސައްކަތްތަކާބެހޭ ބައިކަމަށް މުހައިމިން ވިދާޅުވި އެވެ.

މި ދެލިކޮޕީ އެކުލަވާލުމުގެ ސަބަބުން އަތޮޅު ކައުންސިލަށް ހުރިހާ ރަށު ކައުންސިލްތަކެއް މޮނީޓަރ ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މުހައިމިން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355