ކުޅުދުއްފުށީ ބާދުޝާހު ބޯޓުން މިއަދު ހަވީރު އާއިލާ އާއި ފިލަގެން މާލެ ދާން އުޅުނު އަންހެން ދަރިފުޅު ގޮވައިގެން އެކުއްޖާގެ ބައްޕަ މޫދަށް ފުންމާލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފިލައިގެން މާލެ ދާން އުޅުނީ ކުޅުދުއްފުށީ ހާވިލާ އިނާލާ އަބްދުﷲ (21) އެވެ
މަންޒަރު ދުށްފަރާތަކުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ވިދާޅުވީ ފުރަތަމަ އެކުއްޖާގެ ބައްޕަ ބޯޓުން ފައިބަން އެދުމުން އެކަމާ އޭނާ ދެކޮޅު ހެދީ ކަމަށެވެ.
“ފުރަތަމަ އެކުއްޖާ ބޯޓުގައި ހުއްޓަ އެކުއްޖާގެ ބައްޕަ އައިސް އަތުގަ ހިފައިގެން ރީތިކޮށް ފައިބަން އުޅުނީމަ ނުފައިބަން ގަދަ ހެދީ، ދެން ބޯޓު ނައްޓާލުމަށް ވާ މޮހާލީމައި އެކުއްޖާގެ ބައްޕަ އޭނަ އަތުގައި ހިފައިގެން ފަޅު ތެރެއަށް ފުއްމާލީ” މަންޒަރު ދުށް ފަރާތަކުން ކިޔައިދިނެވެ.
މި ނޫހަށް އެގިފައިވާ ގޮތުން އެކުއްޖާ އާއިލާއާ ފިލައިގެން މާލެ ދާން އުޅުނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާއާއި ކައިވެނި ކުރުމަށް އާއިލާއިން ރުހުން ނުދިނުމުން ނެވެ.