twitterviber whatsapp telegramfacebookyoutube instagram
1st June 2026

މަކުނުދޫ ކަނޑުއަށްގިރިއަށް އެރި ދޯންޏެއް ފުލުހުންގެ އެހީތެރިކަމާއެކު ފުންކޮށްފި

Jan 1, 2015

ހދ. މަކުނުދޫ ހުޅަނގުފަރާތު ކަނޑުއަށްގިރިއަށް އެރި މަސްދޯންޏެއް ފުލުހުންގެ އެހީތެރިކަމާއެކު ފުންކޮށްފި އެވެ.

އިއްޔެ މެންދުރު 12:30 އެހާކަންހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުންކޮށްފައިވަނީ މަކުނުދޫ އަރާކުރި ދޯންޏެވެ. ފުލުހުން އެދޯނި ފުންކޮށްފައިވަނީ މަކުނުދޫ ރައްޔިތުންގެ އެހީތެރިކަމާއެކު ގަޑިިއިރެއްގެ ތެރޭގައި އެވެ.

25 ވަރަކަށް ފޫޓް ހުންނަން މިދޯންޏަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މިދޯނީގައި އެވަގުތު ތިން މީހުން ތިބި ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355