twitterviber whatsapp telegramfacebookyoutube instagram
6th May 2024

ސީދާ ތިން ސެޓުން މޮޅުވެ ޕްރެޒިޑެންޓްސް ކަޕްގެ ތަށި އިހަވަންދޫ ކްލަބް ޕޯލްސްޓަރ އިން އުފުލާލައިފި

Jan 1, 2015

ހއ. މުރައިދޫ އަންހެނުންގެ ބަދަހި ގުޅުމާ ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ތަށި އިހަވަންދޫ ޕޯލްސްޓާރ އިން އުފުލާލައިފި އެވެ.

މިއަދު ހަނިމާދޫ ޓާރފް ދަނޑުގައި ކުޅެވުނު މިމެޗުގެ ތިން ސެޓުންވެސް ކްލަބް ޕޯލްސްޓާރ އިން ކާމިޔާބު ކޮށްފައިވަނީ 25-16, 25-17 އަދި 25-17 އިންނެވެ. މިމެޗުގައި މުރައިދޫ ޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

ރަނަރަޕް ޓީމް، މުރައިދޫ އަންހެނުންގެ ބަދަހި ގުޅުން –ފޮޓޯ:ވާހިދު

ވާދަވެރި ކުޅުމެއް ދައްކައި މުބާރާތުގެ ގިނަ ވަނަތަކެއް އިހަވަންދޫ ކްލަބް ޕޯލްސްޓާރ އިން ހޯދާފައިވެ އެވެ. އެގޮތުން ފައިނަލް މެޗު އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އެކްލަބުގެ ޖ. ނަންބަރު 10 ފާތިމަތު ޝާނީޒާ އެވެ. އަދި މުބާރާތުގެ ފެއަރ ޕްލޭޔަރަކަށް އެކްލަބުގެ ޖ. ނަންބަރު 12 ފާތިމަތު ސޮފޫރާ ހޮވުނުއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕޯލްސްޓާރގެ ކޯޗު މޫސާ މާހިރެވެ.

ތިންވަނައަށް ހޮވުނު ޓީމް، ދިއްދޫ ޓީނޭޖް ބޯއިސް ސްޕޯޓްސް ކްލަބު –ފޮޓޯ:ވާހިދު

މީގެ އިތުރުން މިމުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހޯރަފުށީ ބެލެނިވެރިންގެ ގުޅުމުގެ ޖ.ނަންބަރު 13 އައިމިނަތު އަރީޝާ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު އޯވަރޯލް ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެޓީމުގެ ޖ. ނަންބަރު 10 އައިމިނަތު ފަޒްލާ އެވެ. މުރައިދޫ އަންހެނުންގެ ގުޅުމުގެ ޖާޒީ ނަންބަރު 9 ޝުއައިބަތު ހުސައިން މުބާރާތުގެ އެންމެ މޮޅު ސާވާރގެ މަގާމަށް ހޮވިފައިވާއިރު ފެއާރޕްލޭ ޓިމަކަށް ހޮވިފައިވަނީ މުބާރާތުގެ ތިންވަނަ ޓީމު، ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބެވެ.

ެވަނަވަނައަށް ދިޔަ ކުޅުންތެރިން –ފޮޓޯ:ވާހިދު

މުބާރާތުގެ ޗެންޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ވޮލީބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް އިލްޔާސް އަހުމަދެވެ. ވަނަވަނައަށް ދިޔަ ކުޅުންތެރިންނާއި ޓީމުތަކަށް ތައްޓާއި ސެޓްފިކެޓް ހަވާލުކޮށްދިނީ ވޮލީބޯލް އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއަރމަން މުހައްމަދު ޝަރަފް އަދި ވަގުތީ ގޮތުން އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރގެ މަގާމުގައި ހުންނެވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުސްތަފާ އެވެ.

ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އިތުރުން ހަނިމާދޫގެ ގިނަ ރައްޔިތުންތަކެއް މިމެޗަށް ތަރުހީބު ދޭން އެސަރަހައްދަށް އެއްވެފައިވެ އެވެ.

ފޮޓޯ ގެލެރީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355