twitterviber whatsapp telegramfacebookyoutube instagram
12th August 2026

ދިއްދޫއަށް ގޭސް ފޯރުކޮށްދިނުން ފެނަކައިން ހުއްޓާލައިފި

Jan 4, 2015

ހއ ދިއްދޫއަށް ގޭހިގެ ހިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަނުން އެ ހިދުމަތް ހުއްޓާލުމުން އެރަށުން ގޭސް ހުސްވެ ރައްޔިތުންނަށް ކެއްކުމުގައި އުދަނގޫ ތަކަކާއި ކުރިމަތި ލާން ޖެހިއްޖެ އެވެ.

ބައެއް މިޑިއާ ތަކަށް މައުލޫމާތު ދެމުން ކައުންސިލްގެ ރައީސް އިބްރާހިމް ސިނާން ވިދާޅުވައިވަނީ މިދިޔަ ޑިސެމްބަރ މަހު 14 ވަނަ ދުވަހު ފެނަކަ ކޯޕަރޭޝަނުން ގޭހުގެ ހިދުމަތް ހުއްޓާލާނެ ކަމަށްބުނެ އިއުލާން ކުރި ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ އިތުރުން ދެން އެރަށުގައި ގޭހުގެ ހިދުމަތް ދެމުން އަންނަނީ އަމިއްލަ ފަރާތެކެވެ. އެހެންނަމަވެސް 4000 މީހުންގެ އަބާދީއެއް އޮންނަ ދިއްދޫއަށް ފޯރުކޮށްދޭ ވަރަށް ސްޓޮކް ނެތްކަމަށްވެސް ސިނާނު ވިދާޅުވި އެވެ.

ދިއްދޫގައި ގޭހުގެ ދަތިކަން ކުރިމަތިވެފައިވާތީ އެރަށުގެ ގިނަ ބަޔަކު ކެއްކުމަށް މިހާރު ބޭނުން ކުރަމުންދަނީ ތެޔޮ އުނދުނާއި ދަރު އުނދުނުން ނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކަ ކޯޕަރޭޝަނުން ދިއްދޫއަށް ދެމުން ގެންދިޔަ ގޭހުގެ ހިދުމަތް ހުއްޓާލީ އެ ކުންފުންޏަށް ގެއްލުންތަކެއް ކުރިމަތީ ވަތީ އެވެ. އެގޮތުން މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައި ވެއެވެ.

ދިއްދޫގެ އިތުރުން ގދ ގެ ބައެއް ރަށްތަކަށްވެސް ގޭސް ފޯރުކޮށްދިނުމުގެ ހިދުމަތް ފޯރު ކޮށްދިނުން ވަނީ ފެނަކަ ކޯޕަރޭޝަނުން ހުއްޓާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355