twitterviber whatsapp telegramfacebookyoutube instagram
15th May 2025

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ބޮޑުކުރުމަށް ދެވަނަ ފަހަރަށް ބީލަމަށް

Jan 7, 2015

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު ބޮޑުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ތަރުހީބު ނުލިބުމުން އަނެއްކާވެސް އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީއިން ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.

އޮޕަރޭޝަން ތިއޭޓަރު ބޮޑު ކުރުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީ އެއްގެ ގޮތުގައި 20،000 ރުފިޔާ ހުށަހަޅަންޖެހެ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ މުއްދަތު ހަމަވާނީ ބިޑު ހުޅުވާތާ 118 ދުވަސް ފަހުން ކަމަށެވެ. އަދި އެ ބީލަމުގައި ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި 500 ރުފިޔާ ދައްކަންޖެހޭ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އެ ބިޑުގެ ޕްރީބިޑް މީޓިން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 1:00 ގައެވެ. އަދި ބީލަން ހުޅުވާލާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355