މެލޭޝިޔާގެ ޖުމެކްސް ޓްރޭޑިންއިން ކުރިނބީ ހެލްތް ސެންޓަރަށް އީސީޖީ މެޝިނެއް ހަދިޔާކޮށްފި އެވެ.
ސިޓްރޯން ބައި ލެމަން ގްރާސް ގައި މިއަދު އޮތް ހަފްލާއެއްގައި ކުރިނބީ ހެލްތް ސެންޓަރާ މެޝިން ހަވާލުކޮށްދިނީ ހދ އަތޮޅު ކައުންސިލް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޝަގީފް އެވެ. އަދި މި މެޝިނާއި ހަވާލުވެލެއްވީ ކުރިނބީ ކަައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝިޔާހު އާއި ހެލްތް ސެންޓަރުގެ ޑޮކްޓަރެެވެ.
މި މެޝިން ބޭނުން ކުރެވެން ފެށޭނީ ކިހާތާކުތޯ ދެންނެވުމުން މުހައްމަދު ޝިޔާހު ވިދާޅުވީ މެޝިންގެ ހިދުމަތް ފެށޭނެ ދުވަހެއް ދަންނަވަން ދަތިކަމަށެވެ.
ކުޅުދުއްފުށި އޮންލައިނާ ވާހަކަ ދައްކަވަމުން ހުސެއިން ޝަގީފް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެބޭފުޅުންގެ ފަރާތުން މިފަދަ އިތުރު އެހީތައް ލިބިގެން ދާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
މި އެހީއަކީ އެކުންފުނީގެ އަމިއްލަ އިސްނެގުމުގެ މަތިން ހަދިޔާކުރި މެޝިނެއްކަމަށް ޝަގީފް ވިދާޅުވި އެވެ.