twitterviber whatsapp telegramfacebookyoutube instagram
15th May 2025

ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި

Jan 10, 2015

ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަމުންދާއިރު މި ހިދުމަތް ފައްޓަވައިދެއްވާފައިވަނީ އެ ސްޓޭޝަނުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގަ އެވެ.

މި ރަސްމިޔާތުގައި އެ ސްޓޭޝަނުން ދޫކުރި ފުރަތަމަ ޕޮލިސް ރިޕޯޓް ދޫކޮށްފައިވަނީ ރައްޔިތުން މަޖީލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއަށެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ރިޕޯޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޞާދިގު އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޞާދިގް އާއި ރައްޔިތުން މަޖީލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ އިތުރުން ހދ އަތޮޅު ކޮމާންޑަރ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަހުމަދު ނަސީމް އާއި ހަނިމާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެ އެވެ.

ހަނިމަދޫ ޕޮލިސް ޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ހދ އަތޮޅު ޕޮލިސް ސްޓޭޝަން ކޮމާންޑަރ ނަސީމް ރިޕޯޓްގައި ސޮއި ކުރައްވަނީ

މި ރަސްމިއްޔާތުގައި ރައްޔިތުން މަޖީލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ދެއްކެވި ވާހަކަފުޅުގައި ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ފެށި މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށާއި މިއީ ހަނިމާދޫއަށާއި ހަނިމާދޫ ދާއިރާއަށް ލިބިގެންދިޔަ ކާމިޔާބީއެއްކަމަށް ވިދާޅުވި އެވެ.

ހދ އަތޮޅު ކޮމާންޑަރ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަހްމަދު ނަސީމް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައްޔިތުން މަޖީލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

އަދި މި ހިދުމަތް ފެއްޓެވުމަށްޓަކައި މެމްބަރު ޝަހުދީއާ މަޝްވަރާ ކުރެއްވުމުން ކުލަ ޕްރިންޓަރެއް ހަނިމާދޫ ޕޮލިސް ސްޓޭޝަނަށް ހަދިޔާކުރައްވާނެ ކަމުގެ ފެހި ސިގުނަލް ޝަހުދީ ދެއްވި ކަމަށް އަހުމަދު ނަސީމް ވިދާޅުވި އެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޞާދިގް ވެސް ވަނީ މެމްބަރު ޝަހުދީ ފުލުހުންނަށް ދެއްވާ އެއްބާރލުމާއި އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355