twitterviber whatsapp telegramfacebookyoutube instagram
12th August 2026

ރޯހައުސްގެ ފައިނަލް ލިސްޓު އަންނަ މަހު ކުރީކޮޅު އިއުލާނު ކުރެވޭ ވަރު ވާނެ

Jan 14, 2015

ރޯހައުސްއަށް އެދިފައިވާ ފަރާތްތަކުގެ ފައިނަލް ލިސްޓު އަންނަ މަހު ކުރީކޮޅު އިއުލާނު ކުރެވޭނެ ވަރުވާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރޯހައުސް އިވެލުއޭޓް ކުރާ ކޮމިޓީން ބުނެފި އެވެ.

“ކުޅުދުއްފުށި އޮންލައިނު”ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޯހައުސް އިވެލުއޭޓް ކުރާ ކޮމެޓީގެ މެމްބަރު އަލީ ހާޝިމް ވިދާޅުވީ މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ފެށޭ ހިސާބުގައި ފައިނަލް ލިސްޓު ނިންމައި އިއުލާނުކުރެވޭ ވަރު ވާނެ ކަމަށެވެ.

“މިހާރު ކުރިއަށް ދަނީ ހުށަހަޅާފައިވާ ޝަކުވާތައް ބެލުމުގެ މަސައްކަތް. ފައިނަލް ލިސްޓު މިމަސް ނިމޭކޮޅު ނޫނީ މި އަންނަ މަހު ކުރީކޮޅު ނެރެވޭތޯ މަސައްކަތް ކުރަމުން މިދަނީ.” އަލީ ހާޝިމް ވިދާޅުވި އެވެ.

ކައުންސިލު މެމްބަރު އަލީ ހާޝިމް ވިދާޅުވީ ފައިނަލް ލިސްޓް އާއްމު ނުކުރެވި ލަސްވެގެން ދިޔައީ ޝަކުވާތައް ބެލުމަށް އެކަށިގެންވާ ވަގުތު ބޭނުންވާތީ ކަމަށެވެ

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލާފައިވަނީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355