ކައުންސިލުތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ތަމްރީން ކުރުމަށް ހދ އަތޮޅު ކައުންސިލާއި ސިވިލް ސާވިސް ޓްރެއިންގ އިންސްޓިއުޓާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގައި ސޮއިކުރެއްވުމަށް ސިވިލް ސާވީސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ހދ އަތޮޅު ކައުންސިލު ފަރާތުން ސޮއި ކުރެއްވީ އަތޮޅު .ކައުންސިލުގެ ނައިބް ރައީސް އަހުމަދު އާތިފެވެ. ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަނުގެ ސެކެޓްރީ ޖެނަރަލް މުހައްމަދު ފައިޒަލް އެވެ
ހދ އަތޮޅު ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލް އިބުރާހިމް ރަސީދު ” ކުޅުދުއްފުށި އޮންލައިނާ” ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަދު މި ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ހދ އަތޮޅުގެ ކައުންސިލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުނަށް ޓްރެއިންގ ޕްރޮގުރާމްތައް ހިންގޭނެ ކަމަށެވެ.
” މި އަތޮޅުގެ ސިވިލް ސާވީސްގެ މުވައްޒަފުންނަށް ޓްރެއިންގ ޕްރޮގުރާމުތައް ހިންގުމަށްޓަކައި މި އެމްއޯޔޫގެ ދަށުން ސިވިލް ސާވީސް ޓްރެއިންގ އިންޓިއުޝަނުން ހިނގާ އެކި ކޯސްތައް މިކޮޅުގައި ކުރިއަށްގެންދެވޭނެ ” ރަޝީދު ވިދާޅުވި އެވެ.
ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ މި ތަމްރީން ޕްރޮގުރާމްގެ ދަށުން ހިނގާ ކޯސްތަކުން މުވައްޒަފުން އަތުން އެއްވެސް ފީ އެއް ނުނަގާނެ ކަމަށެވެ. ކޯސްތަކަށް ހަރަދު ކުރަނީ ހދ އަތޮޅު ކައުންސިލުންނާއި ސިވިލް ސާވީސް ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ މާރޗް މަހުގެ ތެރޭގައި ތަމްރީން ޕްރޮގުރާމްގެ ފުރަތަމަ ބުރުފެށޭނެ ކަމަށާއި އެގޮތުން ފުރަތަމަ ހިނގުމަށް ހަމަޖެހިފަ ވަނީ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަނާއި ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަނެވެ.