twitterviber whatsapp telegramfacebookyoutube instagram
15th May 2025

ބާރު ސްޕީޑްގައި ދުއްވާދިޔަ ސައިކަލެއް ހޮޅިދަނޑިއެއްގައި ޖެހި 2 މީހަކަށް އަނިޔާވެއްޖެ

Jan 13, 2015

ކުޅުދުއްފުށީ އަމީނީމަގުން ދެކުނުން އުތުރަށް ބާރު ސްޕީޑްގައި ދުއްވާފަ ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ހޮޅި ދަނޑިއެއްގައި ޖެހި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްމުން ބުނީ ސައިކަލް ދުއްވާފަ ދިޔައީ ބާރު ސްޕީޑްގައި ކަމަށެވެ. އަދި ސައިކަލް ދުއްވަންއިން ފިރިހެން މީހެއް ކަމަށާއި ފަހަތުގައި އިނީ އަންހެން ކުއްޖެއް ކަމަށެވެ.

އޭނާ ބުނީ ސައިކަލް ދުއްވަންއިން މީހާގެ އަނގައިންނާއި ނޭތްފަތުން ލޭ އައިސް ޒަހަމްތަކެއް ވެފައިވާއިރު ފަހަތުގައި އިން މީހާއަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ސާފު ނުވާ ކަމަށެވެ.

މިއަދު މެންދުރު 11:50 އެހާއިރު ހިނގި މިއެކްސިޑެންޓްގައި ސައިކަލު ކޮންޓްރޯލް ނުވެގެން ގޮސް ޖެހުނީ ” ޖާވައްތަގެ ” ގެ ކުރިމަތީގައި ހުރި ހޮޅިދަނޑިގައި އެވެ. އެކްސިޑެންޓްގައި ސައިކަލަށް ވަނީ އެކި ވަރުގެ ގެއްލުންވެފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓްގައި އަނިޔާވީ ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާތީ މިވަގުތަށް އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355