twitterviber whatsapp telegramfacebookyoutube instagram
1st June 2026

ޕަވާސިސްޓަމް އަޕްގްރޭޑް ކުރުމަށް މާދަމާ މުޅި ކުޅުދުއްފުށިން ކަރަންޓު ކަނޑާލަނީ

Jan 13, 2015

ޕަވާސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މުޅި ކުޅުދުއްފުށިން ކަރަންޓު ކަނޑާލައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ މެންދުރުފަހު 2 އަކުން ފެށިގެން ކަރަންޓު ކެނޑޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ވަނީ މާދަމާ 2 އަކުން ފެށިގެން މަސައްކަތް ނިމެންދެން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓު އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް ހުރިހާ ތަކެއްޗެއްގެ ސްވިޗް އޮފް ކޮށްފައި ބެހެއްޓުމަށް އެ އިއުލާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.

24 ގަޑިއިރު ކަރަންޓު ޔަގީން މަޝްރޫއުގެ ދަށުން ކުޅުދުއްފުއްޓަށް ލިބުނު 1 މެގަ ވޯލްޓްގެ ދެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355