twitterviber whatsapp telegramfacebookyoutube instagram
28th April 2024

ނޮޅިވަރަމް ކައުންސިލްގައި އައިޑީ ކާޑް ޔުނިޓެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި

Jan 15, 2015

ހދ ނޮޅިވަރަމް ކައުންސިލް އިދާރާގައި އައިޑީކާޑް ޔުނިޓެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސާ މަރިޔަމް ހަބީބާ ވިދާޅުވީ މިދިޔަ ހަފްތާގައި ފެށުނު މި ހިދުމަތް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށާއި މި ހިދުމަތް ފެއްޓުމަށްޓަކާ އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ އަތޮޅު ކައުންސިލްގެ ފަރާތުން ކަމަށެވެ.

މި ހިދުމަތް ދެމުން އަންނަނީ ހޯމަ އަދި އަންގާރަ ދުވަހު ކައުންސިލް އިދާރާގައި ކަމަށާއި މިހާތަނަށް މި ހިދުމަތް ދިނުމަށް ދިމާވެފައިވާ ހަމަކެނި ދައްޗަކީ ތަނުގެ ދަތިކަންކަމަށެވެ.

މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10 ން މެންދުރު 12 އަށެވެ. އަދި ކޮންމެ އަންގާރަ ދުވަހެއްގެ މެންދުރު ފަހު 1 ން 3 ކަށެވެ.

ކަލެކްޓިން ޕޮއިންޓުން އައިޑީ ކާޑަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަތުމާއި، އައިޑީ ކާޑަށް ބޭނުންވާ ފޮޓޯ ނެގުން އަދި އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދެވޭނެ އެވެ .

މި ކަލެކްޓިން ޕޮއިންޓަކީ ނޮޅިވަރަމް ކައުންސިލުން ހަރަދުކޮށް ،ހދ.އަތޮޅު ކައުންސިލް އަދި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ އެހީތެރިކަމާއެކު ގާއިމްކުރި ޕޮއިންޓެކެވެ. .

ހދ އަތޮޅުގެ ކައުންސިލުތަކުގެ އައިޑީ ކާޑު ޔުނިޓް ގާއިމް ކުރުމުގެ މަސައްކަތަކީ އަތޮޅު ކައުންސިލުގެ އިސްނެގުމުގެ މަތިން ކުރާ މަސައްކަތަކެއްކެވެ. ނޮޅިވަރަމްގެ އިތުރުން ހދ ހަނިމާދޫގައި އާއި ހިރިމަރަދޫގައި މިދިޔަ އަހަރު ވަނީ އައިޑި ކާޑް ކަލެކްޓިން ޕޮއިންޓް ގާއިމްކޮށްފަ އެވެ.

އައިޑީ ކާޑުގެ ހިދުމަތް ރަށްރަށުގައި ދޭން ފަށާފައިވަނީ އެކަމަށް ބޭނުންވާ މުވައްޒަފުންނަށް ހދ.އަތޮޅު ކައުންސިލުން ތަމްރީން ދިނުމަށް ފަހުގަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355