twitterviber whatsapp telegramfacebookyoutube instagram
1st June 2026

ދުއްވާފަ ދިޔަ ކާރެއް ކޮންޓްރޯލު ނުވެ ގޮސް މޫދަށް

Jan 18, 2015

ހއ އިހަވަންދޫގައި ބާރު ސްޕީޑްގައި ދުއްވާފަ ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް މޫދަށް ވެއްޓިއްޖެ އެވެ.

މިރޭ ގާތްގަނޑަކަށް 9:30 އެހާއިރު ހިނގި މި އެކްސިޑެންޓްގައި އެވަގުތު ކާރުގައި ތިބި ބައެއް މީހުންނަން އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެކަމަކު އެމީހުންނަށް ވެފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

މަންޒަރު ދުއް ބައެއް މީހުން “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން ބުނީ ޓެކްސީ މޫދަށް ވެއްޓުނީ އިހަވަންދޫ ނޫރާނީމަގާ ދިމާ އަތިރިމަތިން ހިއްކާފައިވާ ސަރަހައްދުން ދުއްވާފައި ގޮސް ގޮޅިމަގާ ދިމާއަށް އަބުރާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވިގެން ދެމަގުގެ ކަންމައްޗަށް ކަމަށެވެ.

މިހާދިސާ ހިނގި ވަގުތު ޓެކްސީގައި އެވަގުތު ޑްރައިވަރާއި ކުޑަ އަންހެން ކުއްޖެއްގެ އިތުރުން އަންހެނަކާއި ފިރިހެނެއް އިނެވެ. މިއެކްސިޑެންޓްގައި ކާރަށް ވަނީ ބޮޑެތި ގެއްލުން ތަކެއްވެފަ އެވެ.

ރައްޔިތުންގެ ބަޔަކު ނިކުމެ ކާރު ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355