twitterviber whatsapp telegramfacebookyoutube instagram
12th August 2026

އުތުރުގައި ރިސޯޓު ހަދަން ހުޅުވާލި ރަށްތަކަށް ތަރުހީބެއް ނުލިބުނު

Jan 19, 2015

ހއ އަދި ހދ އަތޮޅުގެ ފަސް ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުޅުވާލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އެ އިއުލާން ބާތިލް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސެއިން ލިރާރު ވިދާޅުވީ ހދ. ދިއްޕަރުފުއްޓާއި ކަނަމަނައިގެ އިތުރުން ކުޑަފަރުފަސްގަނޑާއި ހދ އަތޮޅުގައި އޮންނަ ޖޮގްރަފިކް ފަޅެއް ކަމަށްވާ ކުޑަފަރުފަސްގަނޑުގެ އިތުރުން ށ. ބޮލިއްސަފަރު ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތައް ހޯދުމަށް މިދިޔަ ނޮވެމްބަރު މަހު 20 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ. އެހެންނަމަވެސް އެފަރާތުގެ ކްރައިޓީރިއާ ހަމަނުވާތީ ޕްރޮޕޯސަލް ވަނީ ކެންސަލް ކޮށްފަ ކަމަށްވެސް ލިރާރު ވިދާޅުވި އެވެ.

އޭގެ އިތުރުން ލިރާރު ވިދާޅުވީ މި ފަސް ރަށް ރިޒޯޓެއް ގޮތުގައި ތަރައްގީ ކުރުމަށް ޝަައުގުވެރިވާ ފަރާތްތައް ހޯދުމަށް އަލުން އިއުލާން ކުރެވިގެންދާނެ ކަމަށާއި އެހެންނަމަވެސް އިއުލާން ކުރެވޭނެ ވަކި ދުވަހެއް އަދި ވިދާޅުވާ ނޭނގޭ ކަމަށެވެ.

ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފުރަތަމަ ނެރުނު ލިސްޓުގައި ހިމެނޭ ހއ އަތޮޅުގެ 2 ރަށް ވަނީ ލިސްޓުން އުނިކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355