twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދިރާގުގެ 4ޖީ ހިދުމަތް ފުވައްމުލަކަށް ތައާރަފްކޮށްފި

Jan 19, 2015

ދިރާގުން އެންމެ ފަހުން ތައާރަފް ކުރި 4ޖީ އެލްޓީއީގެ ޚިދުމަތް ޏ. ފުވައްމުލަކަށް މިދިޔަ ހޮނިހިރު ދުވަހު ތައާރަފް ކޮށްފި އެވެ.

މިހިދުމަތް ތައާރަފު ކުރީ އެކަމަށް ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި އެ ހިދުމަތް ތައާރަފް ކޮށްދެއްވީ ޏ. ފުވައްމުލަކުގެ އަތޮޅު ކައުންސިލްގެ ރައީސް ފަލާހު ޝަރީފާއި ދިރާގު ބޯޑުގެ ޗެއަރމަން ރިޟްވާން ޝަރީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއީލް ވަހީދު ވިދާޅުވީ ދިރާގުން މުޅިރާއްޖެއަށް އިންޓަރނެޓް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، މުޅި ރާއްޖޭގައި މޯބައިލް އިންޓަނެޓްގެ ސްޕީޑް މަތިކުރެވި، މިހާރު 4ޖީގެ ހިދުމަތްވެސް މާލެ އާއި އާބަދީ ބޮޑެތި ސަރަހައްދުތަކުގެ އިތުރުން ރާއްޖޭގެ އެހެން އަތޮޅުތަކާ ޤުދުރަތީގޮތުން ތަފާތު އަތޮޅެއްކަމުގައިވާ ފުވައްމުލަކަށްވެސް މިހާރު ދިރާގުގެ 4ޖީ ޚިދުމަތް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އަދި ހަލުވި ސްޕީޑްގައި އިންޓަނެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާއި ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް އިތުރު ކުރިއެރުމާ ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށް އިސްމާއީލް ވަހީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ވަހީދާއި ދިރާގު ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު އަދި މާކެޓިން ޑިރެކްޓަރ އަޙްމަދު މައުމޫނުގެ އިތުރުން ސޭލްސް ޑިރެކަޓަރ އަލީ ރިޔާޒާއި ފުވައްމުލަކު ކައުންސިލަރުން އަދި ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވާ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ވަނީ ގއ. ވިލިނގިއްޔާއި ގދ ތިނަދޫ އަދި ހދ. ކުޅުދުއްފުށީގެ އިތުރުން ޅ. ނައިފަރު އަދި ޏ، ފުވައްމުލަކުގައި މިހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފަ އެވެ.

މިހާރު ރާއްޖޭގެ އާބާދީގެ 50 އިންސައްތަ އަށް އެލްޓީއީ 4ޖީ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355