twitterviber whatsapp telegramfacebookyoutube instagram
13th August 2026

2014 ވަނަ އަހަރުގެ އޯލެވެލް ނަތީޖާ ދޫކުރަން ފަށައިފި

Jan 21, 2015

2014 ވަނަ އަހަރުގެ އޯލެވެލް ނަތީޖާ ކުޅުދުއްފުށީ ސްކޫލްތަކުން މިއަދުން ފެށިގެން ދޫކުރަން ފަށައިފި އެވެ.

މިދިޔަ އަހަރު ކުޅުދުއްފުށީގައި އޯލެވެލް ހެދި ދެސްކޫލް ކަމަށްވާ އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލުން މިއަދު އޯލެވެލް ނަތީޖާ ލިބެން ހުންނާނެ ކަމަށް އެސްކޫލުތަކުން މައުލޫމާތު ދެ އެވެ.

ނަތީޖާ ނަގަން ހާޒިރުވާއިރު އޯލެވެލް އިމްތިހާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ ގެނައުމަށް އެސްކޫލުތަކުން އެދެ އެވެ.

އަފީފުއްދީން ސްކޫލުގެ 52 ދަރިވަރަކާއި ޖަލާލުއްދީން ސްކޫލުގެ 92 ދަރިވަރުންގެ އިތުރުން އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރުންނާއެކު 185 ފަރާތަކުން މިދިޔަ އަހަރު ކުޅުދުއްފުށިން އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވެ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ 174 ރަށަކުން 7202 ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި އެވެ. އެއީ ސަރުކާރުގެ 194 ސްކޫލަކުން 5643 ދަރިވަރުންނާއި އަމިއްލަ ގޮތުން 53 ސެންޓަރަކުން 1559 ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355