twitterviber whatsapp telegramfacebookyoutube instagram
11th May 2024

ހދ އަތޮޅުގައި ޝެއިހް އިލްޔާސް އާއި ޝެއިހް މުހައްމަދު ޝާފިއުގެ ދަރުސްތަކެއް ފަށައިފި

Jan 22, 2015

ހދ އަތޮޅުގެ 10 ރަށެއްގައި އައްޝައިހް އިލްޔާސް ހުސެއިން އަދި އައްޝައިހް މުހައްމަދު ޝާފިއުގެ ދަރުސްތަކެއް އިއްޔެ ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ޝެއިހް އިލްޔާސް އަދި ޝެއިހް މުހައްމަދު ޝާފިއު ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދަރުސްތައް ދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މަކުނުދޫ، ކުމުންދޫ، ކުޅުދުއްފުށި، ނޭކުރެންދޫ، ކުރިނބި، ނޮޅިވަރަމް، ނޮޅިވަރަންފަރު، ނެއްލައިދޫ، ވައިކަރަދޫ އަދި ހަނިމާދޫގަ އެވެ.

ކުޅުދުއްފުށީ ރަށު ކައުންސިލުން މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުޅުދުއްފުއްޓަށް ޝެއިހް އިލްޔާސް އަދި ޝެއިހް މުހައްމަދު ޝާފިއު މިއަދު ހަވީރު 5:30 ވަޑައިގަންނަވާނެ ކަމަށާއި މިރޭގެ އިޝާ ނަމާދަށްފަހު ހުކުރު މިސްކިތުގައި ޝެއިހް އިލްޔާސްގެ ހާއްސަ ދަރުހެއް އޮންނާނެ ކަމަށެވެ. މި ދަރުސްގެ މައުލޫއަކީ މަކަރާއި ހީލަތްހެދުމާއި ވައްކަމާއި ފޭރުން އަދި ހިޔާނަތާއި ޒިނޭ ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

އިއްޔެ ޝެއިހް އިލްޔާސް މަކުނުދޫ މިސްކިތުގައި ދަރުހެއް ދެއްވާފައިވާއިރު ޝެއިހް މުހައްމަދު ޝާފިއު ވަނީ މަކުނުދޫ ސްކޫލްގައި ދަރުހެއް ދެއްވާފަ އެވެ. އަދި މިއަދު ކުމުންދޫގައިވެސް މި ދެ ޝެއިހުން ވަނީ ދަރުސް ދެއްވާފަ އެވެ.

މިއަދު މެންދުރުފަހު ނޭކުރެންދޫ ސްކޫލްގައި ޝެއިހް ޝާފިއުގެ ދަރުހެއް އޮންނައިރު ނޭކުރެންދޫ މިސްކިތުގައި ޝެއިހް އިލްޔާސްގެ ދަރުހެއް އޮންނާނެ އެވެ.

މާދަމާ ހެނދުނު ޝެއިހް މުހައްމަދު ޝާފިއުގެ ދަރުހެއް ނާވައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މެންދުރުފަހު އަދި ހަވީރު ޝެއިހްގެ ދަރުސްތަކެއް ނޮޅިވަރަމްގައި އޮންނާނެ އެވެ. އަދި ރޭގަނޑު ޝެއިހް މުހައްމަދު ޝާފިއުގެ ދަރުހެއް ނޮޅިވަރަންފަރުގައިވެސް ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

މާދަމާ ކުޅުދުއްފުށީގައި ޝެއިހް އިލްޔާސް ހުކުރު ނަމާދުކުރަން ހަމަޖެހިފައިވާއިރު މާދަމާ މެންދުރުފަހު ޝެއިހް އިލްޔާސްގެ ދެ ދަރުހެއް ކުރިނބީގައި އޮންނާނެ އެވެ. އަދި ރޭގަނޑު ނެއްލައިދޫގައި ޝެއިހް އިލްޔާސްގެ ދަރުހެއް ވަނީ ތާވަލުކުރެވިފަ އެވެ.

ހޮނިހިރު ދުވަހު ވައިކަރަދޫގައި ޝެއިހް އިލްޔާސް އަދި ޝެއިހް މުހައްމަދު ޝާފިއުގެ ދަރުސްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހުގެ ރޭ ޝެއިހް އިލްޔާސްގެ ދަރުހެއް ހަނިމާދޫގައި އޮންނާނެ އެވެ. އަދި އާދިއްތަ ދުވަހު ހެނދުނު ހަނިމާދޫގައި ޝެއިހް މުހައްމަދު ޝާފިއުގެ ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރު ނިންމާލުމަށްފަހު މި ދެ ބޭފުޅުން މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ރޭގަނޑު 7 ޖަޙާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355