twitterviber whatsapp telegramfacebookyoutube instagram
12th May 2024

ވިލާ ކޮލެޖްގެ މާސްޓަރ އޮފް ބިޒްނަސް ކޯސް ކުޅުދުއްފުށީގައި ފަށައިފި

Jan 24, 2015

ވިލާ ކޮލެޖުން ހިންގާ މާސްޓަރ އޮފް ބިޒްނަސް (އެމްބީއޭ) ކޯސް ކުޅުދުއްފުށީގައި އިއްޔެ ފަށައިފި އެވެ.

ވިލާ ކޮލެޖްގެ ކުޅުދުއްފުށީ ފޯކަލް ޕޮއިންޓުން މި ނޫހަށް މައުލޫމާތު ދިންގޮތުގައި 15 ބައިވެރިންނާއިއެކު އިއްޔެ މި ކޯސް ފަށާފައިވާ ކަމަށެވެ. އަދި އިއްޔެ ކޯހަށް ރަޖިސްޓްރީވުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ފުރަތަމަ ބްލޮކްގެ ކިޔެވުން އިއްޔެ ފަށާފައިވާ ކަމަށްވެސް އެ ފަރާތުން މައުލޫމާތު ދިނެވެ.

10 ކޯރ މޮޑިއުލް ހިމެނޭ މި ކޯހަކީ 5 ސެމިސްޓަރ ހިމެނޭ 20 މަސް ދުވަހުގެ ކޯހެކެވެ. މި ކޯހުގެ ފީއަކީ 79800 ރުފިޔާ އެވެ. އެއީ މަހަކު 5700 ރުފިޔާ އެވެ.

ވިލާ ކޮލެޖުން ހިންގާ މި ކޯހަކީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީގެ ޕްރޮގްރާމެކެވެ. މި ކޯހަކީ ވިލާ ކޮލެޖުން ކުޅުދުއްފުށީގައި ހިންގާ މި ފެންވަރުގެ ފުރަތަމަ ކޯހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355