twitterviber whatsapp telegramfacebookyoutube instagram
12th August 2026

މާބަނޑު މީހަކު ގޮވައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ސީ އެމްބިއުލާންސެއް ތުނޑިއަކަށް އަރައިފި

Jan 24, 2015

މާބަނޑު މީހަކު ގޮވައިގެން ހއ މޮޅަދޫ އިން ކުޅުދުއްފުއްޓަށް ދަތުރުކުރި ސީ އެމްބިއުލާންސްއެއް މޮޅަދޫ ތުނޑިއަށް އަރައިފި އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ސީ އެމްބިއުލަންސް ބީހުނީ ރޭ މެންދަމު 3:15 ހާއިރު އެވެ. ސީ އެންބިއުލާންސްގައި ދަތުރުކުރި އެއްވެސް ފަރާތަކަށް މި ހާދިސާގައި ގެއްލުމެއްވެފައެއް ނުވެ އެވެ.

ބަނޑުގައި ރިއްސާތީ ފަރުވާ ހޯދުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ސީ އެންބިއުލާންސްގައި ގެންނަން އުޅުނު އަންހެން މީހާ މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ވަނީ ގެނެސްފަ އެވެ.

އޭނާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދާއިރު ތުނޑިއަށް އެރި ލޯންޗް މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފުންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355