twitterviber whatsapp telegramfacebookyoutube instagram
11th May 2024

އުރީދޫ އާއި ޕްލޭކާސްޓް ގުޅިގެން އިންޓަނެޓް ޓީވީގެ ހިދުމަތް ތައާރަފް ކޮށްފި

Jan 24, 2015

އުރީދޫއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނެޓް ޓީވީގެ ހިދުމަތް ތައާރަފު ކޮށްފި އެވެ.

މި ހިދުމަތް އުރީދޫއިން މިއަދު ތައާރަފް ކޮށްފައިވަނީ ކޭބަލް އާއި ވަޔަލެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓީވީގެ ހިދުމަތް މުޅި ރާއްޖެ އަށް ދިނުމުގެ ލައިސަންސް އޮންނަ ޕްލޭކާސްޓާއި ގުޅިގެންނެވެ.

އެގޮތުން މި ހިދުމަތަކީ 3ޖީ އަދި 4ޖީ އެލްޓީއީ ނެޓްވޯކް މެދުވެރިކޮށް، އުރީދޫގެ ކަސްޓަމަރުންނަށް ޓީވީ ޗެނަލްތައް ބަލައިލެވޭނެ ހިދުމަތެއްކަމަށް އުރީދޫއިން ހާމަކުރެ އެވެ.

މި ހިދުމަތް ތައާރަފް ކުރުމަށްޓަކައި މިއަދު އުރީދޫ މައި އޮފީހުގައި ބޭއްްވި ރަސްމިއްޔާތުގައި ކޮމާޝަން ޑައިރެކްޓަރު އެސްޕީ ސަރަތީ ވިދާޅުވީ ނެކްސްޓް ޖެނަރޭޝަން އެންޓަޓެއިންމަންޓް ކަސްޓަމަރުންގެ މޯބައިލް ޑިވައިސްތަކަށް މިގެނެސްދެނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަމަށާއި މިހާރު އެންމެ މަގުބޫލު ޓީވީ ޝޯތަކާއި ހަބަރު ކޮންމެ ތާކުން ވެސް ތިބެގެންވެސް ކަސްޓަމަރުންނަށް ބަލައިލެވޭނެ ކަމަށެވެ.

މި ހިދުމަތް ސްމާޓް ފޯނުގެ އިތުރުން، އުރީދޫގެ ކަސްޓަމަރުންނަށް ސްމާޓް ޓެބްލެޓް އަދި އުރީދޫ ކަނެކްޝަން ބޭނުންކޮށްގެން ސްމާޓް ޓީވީތަކަށް، ފެބްރުއަރީގެ ނިޔަލަށް ޗެނަލްތައް ހިލޭ ދޫކުރާނެ ކަމަށް އުރީދޫން ވިދާޅުވި އެވެ. އެގޮތުން އިންޓަނެޓް ޓީވީގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް މި ވަގުތު ރާއްޖޭގެ ބައެއް ލޯކަލް ޗެނަލްތައް ވަގުތުން ބެލޭނެ އެވެ.

މި ހިދުމަތަށް އަގު ނަގާނެ އުސޫލުތައް ހާމަކުރަން އުރީދޫއިން ނިންމާފައި ވަނީ ފަހުގެ ތާރީހެއްގަ އެވެ.

އުރީދޫ ކަސްޓަމަރުން، ލައިވް ޓީވީ ހިދުމަތަށް ރެޖިސްޓްރީކުރަން “ގޯ” ޖަހާފައި 5577 އަށް މެސެޖް ކުރުމުން އެ ހިދުމަތް ލިބޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. ޕްރީޕެއިޑް ކަސްޓަމަރުން ޑޭޓާ ޕެކޭޖެއް ނެގުމަށް ފަހު މި ހިދުމަތަށް ރެޖިސްޓަ ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355