twitterviber whatsapp telegramfacebookyoutube instagram
12th May 2024

މޯލްޑިވިއަންގެ އައު ބޯޓެއް ރާއްޖެ ގެނެސްފި

Jan 24, 2015

ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަންއިން 200 މީހުންގެ ޖާގައިގެ އެއާބަސް 321ގެ ބޯޓެއް ރާއްޖެ ގެނެސްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ރާއްޖެ ގެނައި މި ބޯޓާއިއެކު ޗައިނާގެ އިތުރު ތިން މަންޒިލަކަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް މޯލްޑިވިއަންއިން ވަނީ އިއުލާންކޮށްފަ އެވެ.

އަލަށް ގެނައި ބޯޓު ރާއްޖެ ގެނައުމުގެ ގޮތުން އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދުލް ހާރިޝް ވިދާޅުވީ އެ ފުލައިޓާއެކު ގިނަ އަދަދެއްގެ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށާއި މޯލްޑިވިއަން ބޭރުގެ އެހެން ގައުމުތަކަށް ކުރާ ދަތުރުތަކުގައި ވެސް އެ ބޯޓް ބޭނުން ކުރާނެ ކަމަށެވެ. އަދި ޗައިނާއިން އެކަނިވެސް ހަފްތާއަކު 900 ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޗައިނާގެ އެމްބެސެޑަރު ވަންގް ފުކަންގް ވިދާޅުވީ ޗައިނާގެ އާ މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމުން ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ޗައިނާގެ އެމްބެސެޑަރު ވަންގް ފުކަންގް އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދުލް ހާރިޝްގެ އިތުރުން އެ ރަސްމިޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ ބަންދު އިބްރާހިމް ސަލީމްވެސް ބައިވެރިވެފައިވެ އެވެ.

މޯލްޑިވިއަންއިން މިހާރު ވެސް ދަނީ ބައިނަލްއަގުވާމީ މަންޒިލްތަކަށް ދަތުރުކުރަމުންނެވެ. އެ މަންޒިލްތަކަކީ އިންޑިއާގެ މުންބާއީ އާއި ޗެންނާއީގެ އިތުރުން ބަގްލަދޭޝްގެ ޑާކާ އާއި ޗައިނާގެ ސިޓީތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355