twitterviber whatsapp telegramfacebookyoutube instagram
12th May 2024

ބީއެމްއެލް އިން ފ އަތޮޅުގައި ބޭންކިންގެ ހިދުމަތްދޭން ފަށައިފި

Jan 25, 2015

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ އެކި ރަށްތަކަށް ބޭންކިންގެ ހިދުމަތްފުޅާކުރުމުގެ ގޮތުންނާއި ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ރަގަޅުކުރުމަށް ރޭވިފައިވާ ޕްލޭންގެ ދަށުން މިއަދު ފ.ނިލަންދޫގައި ބޭންކުގެ 27 ވަނަ ބްރާންޗް ހުޅުވައިފި އެވެ.

ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި އެންމެ ޒަމާނީ ފެންވަރަށް ބިނާކުރެވިފައިވާ މި ބްރާންޗުން ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ. އެގޮތުން އޭޓީއެމް، ކާޑު އަދި އިސްލާމިކް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ.

މިއަދު އެ ރަށުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ބްރާންޗު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަބްދުالله ޖިހާދެވެ

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑަރެކްޓަރ އެންޑްރޫ ހީލި ވާހަކަ ދައްކަވަނީ–ފޮޓޯ: ބީއެމްއެލް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ނިލަންދޫގައި ހުޅުވުނު ބްރާންޗުން ރަމްޒުކޮށްދެނީ ބީއެމްއެލްއިން އަތޮޅުތެރެއަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށާއި ބޭންކުގެ ހިދުމަތް ނުލިބޭ އާބާދީތަކަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ.

27 ބްރާންޗާއި 64 އޭޓީއެމް، 3500 ޕީއީއޯއެސް ޓާރމިނަލް އަދި ޕީއީއޯއެސް މެދުވެރިކޮށް ފައިސާނެގުމުގެ ހިދުމަތްދޭ 65 އެޖެންޓާ އެކު ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބްރާންޗު އަދި އޭޓީއެމް ނެޓްވާރކް އޮޕަރޭޓް ކުރާ ބޭންކެވެ.

މިހާރު ރާއްޖޭގެ އެންމެ އަތޮޅެއްފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް އެބަހުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355