މަރުވެފައި ހުރި ގިނަ އަދަދެއްގެ ޑިނގާތަކެއް ހަނިމާދޫ ގޮނޑުދޮށަށް ލައްގައިފި އެވެ.
ހަނިމާދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ޑިނގާތައް ލައްގާފައިވަނީ ހަނިމާދޫ އުތުރު ފަރާތު ގޮނޑުދޮށަށް ކަމަށާއި ޑިނގާތައް ހުރީ މަރުވެފަ ކަމަށެވެ.
އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ލައްގާފައި ހުރި މި ޑިނގާތަކުގައި އިންޗިއެއް ވަރު ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ރަށުގެ ދޮނޑުދޮށަށް ދޭތެރެ ދޭތެރެއިން ކުދި މަސް ވެސް މަރުވެގެން ލައްގާފަ ހުންނަކަމަށެވެ.
ހަނިމާދޫ ކައުންސިލުން ބުނީ މަރުވެފައި ހުންނަ ޑިނގާ އާއި ކުދި މަސް މަރުވެގެން ދޭތެރެ ދޭތެރެއިން ލައްގާ ކަމަށާއި އެކަމަކީ މޫސުމީ ކަމެއް ކަމަށް ބެލެވޭ ކަމަށް ކައުންސިލުން ބުނެ އެވެ.