twitterviber whatsapp telegramfacebookyoutube instagram
11th April 2026

ހދ. އޭއީސީގެ ހޯލު އިމާރާތް ޖުލައި މަހުގެ ނިޔަލަށް ނިންމައި ލެވޭނެ: ސްވިފްޓް އިންޖިނިއަރިން

Jan 26, 2015

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމައިލެވޭ ވަރުވާނެ ކަމަށް އެ އިމާރާތުގެ ކޮންޓްރެކްޓަރު ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

2013 ވަނަ އަހަރު ސެޕްޓެމްބަރ 1 ވަނަ ދުވަހު ސްވިފްޓް އިންޖިނިއަރިންނާ އޭއީސީގެ ހޯލު އިމާރާތްކުރުމަށް ހަވާލުކުރެވިފައިވަނީ 1 އަހަރުގެ ތެރޭގައި ނިންމުމަށެވެ. އެހެންނަަމަވެސް ބަޖެޓްގެ ދަތިކަމާއި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން މުއްދަތަށް މަސައްކަތް ވަނީ ނުނިމި ލަސްވެފަ އެވެ.

“ކުޅުދުއްފުށި އޮންލައިނު”ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްވިފްޓް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރ ސައުދުﷲ ވިދާޅުވީ މި އަހަރުގެ ޖުލައިގެ ނިޔަލަށް އިމާރާތް ނިންމުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްދީފަވާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ހިޔާކުރުމާއި ސިމެންތީގެ މަސައްކަތް ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

މި ހޯލަކީ ދިގުމިނުގައި 136 ފޫޓު އަދި ފުޅާ މިނުގައި 70 ފޫޓު ހުންނަ ގޮތަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 500 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ސްޓޭޖަކާއި ގުދަނެއްގެ އިތުރުން ވުޟޫ ކުރާ ބަޔަކާއެކު ނަމާދު ކުރާ ކޮޓަރިއެއް އަދި ދެ ޖިންސްގެ ކުދިންނަށް ވަކިން 2 ޗޭންޖިންގ ރޫމެއް ހިމެނުމަށް ޕްލޭން ކުރެވިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355