twitterviber whatsapp telegramfacebookyoutube instagram
11th May 2024

ދިރާގުން އިންޓަނެޓް ޓީވީގެ ހިދުމަތް ތައާރަފް ކޮށްފި

Jan 25, 2015

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން މިއަދު “ދިރާގު ޓީވީ” ގެ ނަމުގައި އޮންލައިންކޮށް ޓީވީ ބަލާލުމުގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

މި ހިދުމަތް ބޭނުންކޮށްގެން ފަސޭހަކަމާ އެކު ސްމާޓްފޯން، ޓެބްލެޓް، ލެޕްޓޮޕު ނުވަތަ ކޮމްޕިއުޓަރު މެދުވެރިކޮށް ވަގުތުން ޓީވީ ބެލުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށާއި އެ މީހަކު ބޭނުންވާ ޗެނަލެއް އެއް ވަގުތަކު، ތަފާތު ސްމާޓް ޑިވައިސްތަކެއް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދެ އެވެ.

ކައިރި މުސްތަގުބަލެއްގައި ކަސްޓަމަރުން ބޭނުންފުޅު ވާނެ ގިނަ ޓީވީ ޗެނަލްތަކެއް ދިރާގު ޓީވީ އަށް އިތުރުކޮށް، މި ހިދުމަތް ފުޅާ ކުރެވިގެން ދާނެކަމަށާއި މިއީ ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ހިދުމަތެއް ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

މޯބައިލް ބްރޯޑްބޭންޑު އަދި ފިކްސްޑު ބްރޯޑްބޭންޑު ނެޓްވޯކު މެދުވެރިކޮށް މިހިދުމަތް ހޯދުމަށްޓަކައި ހޯދުމަށް، “ޕްލޭ” ޖަހާފައި 404 އަށް އެސްއެމްއެސް ކުރުމުން ޔޫޒާ ނޭމަކާއި ޕާސްވޯޑެއް ލިބޭނެ އެވެ. އެއަށް ފަހު، އެ މީހަކު ހިޔާރުކުރާ ޑިވައިސްއަކުން “ޕްލޭ.އެމްވީ” އަށް ވަނުމުން، ބޭނުންވާ ޗެނަލެއް ބެލޭނެ އެވެ.

ޕްރޮމޯޝަނެއްގެ ގޮތުގައި، ދިރާގު ހުރިހާ ކަސްޓަމަރުންނަށް މި ހިދުމަތް 28 ފެބުރުއަރީ 2015 ގެ ނިޔަލަށް މުޅިން ހިލޭ ދޫ ކުރުމަށް ހަމަޖެހިފައިވާއިރު މި ހިދުމަތް ބޭނުން ކޮށްގެން މިހާރު ބެލޭނެ ޗެނަލްތަކެއް ދިރާގުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355