twitterviber whatsapp telegramfacebookyoutube instagram
10th July 2025

ހީލިން ކެއާރ މެޑިކަލް ސެންޓަރުން ދަތުގެ ޑޮކްޓަރަށް ދެއްކުމުގެ ފީ މި މަހުގެ ނިޔަލަށް ހިލޭ ކޮށްފި

Jan 26, 2015

ކުޅުދުއްފުށީ ހީލިން މެޑިކަލް ސެންޓަރަށް އެއް އަހަރު ފުރުމާ ގުޅިގެން އެ ސެންޓަރުން ދަތުގެ ޑޮކްޓަރަށް ދެއްކުމުގެ ފީ މިމަހުގެ ނިޔަލަށް ހިލޭ ކޮށްފި އެވެ.

ހީލިން މެޑިކަލް ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި އެ ސެންޓަރަށް އެއް އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މި މަހުގެ 26 އިން ފެށިގެން 31 ގެ ނިޔަލަށް އެ ސެންޓަރުގެ ޑެންޓަލް ސާރޖަން ޑރ. ޕޯލް ސިލްވެސްޓަރ އަށް  ދެއްކުމަށް އެއްވެސް ފައިސާއެއް ނުނަގާނެ އެވެ. އަދި އެ ސެންޓަރުން ހިދުމަތް ދިނުމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކުރާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

ކުޅުދުއްފުށީ “މަތިވަރު” ގޭގައި ހިންގާ މި މެޑިކަލް ސެންޓަރުން ދަތުގެ ފަރުވާގެ އިތުރުން އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުން ކުޅުދުއްފުއްޓަށް ގެނެސް ފަރުވާގެ ހިދުމަތް ފޯރުކޮށްދީފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355