twitterviber whatsapp telegramfacebookyoutube instagram
12th May 2024

ޖަލާލުއްދީން ސްކޫލަށް އޯލެވެލް އިމްތިހާނުގައި 11 އިންސައިތައިގެ ކުރިއެރުމެއް

Jan 26, 2015

މިދިޔަ އަހަރާ އަޅާބަލާއިރު އޯލެވެލް އިމްތިހާނުގައި ޖަލާލުއްދީން ސްކޫލަށް 11 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޖަލާލުއްދީން ސްކޫލުން އޯލެވެލް އިމްތިހާނުގައި 91 ދަރިވަރަކު ބައިވެރިވިއިރު އެ ދަރިވަރުންގެ ތެރެއިން 5 މާއްދާއިން 47 އިންސައްތަ ދަރިވަރުން ފާސްވެފައިވެ އެވެ. އެއީ މިދިޔަ އަހަރަށްވުރެ 11 އިންސައިތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު 5 މާއްދާއިން ފާސްވެފައިވަނީ 35 އިންސައްތަ ދަރިވަރުންނެވެ. އަދި 2012 ވަނަ އަހަރު ފާސްވެފައިވަނީ 25 އިންސައްތަ ދަރިވަރުންނެވެ.

ކޮންމެ އަހަރަކުވެސް ކާމިޔާބީތަކެއް ހޯދަމުން އަންނަ ޖަލާލުއްދީން ސްކޫލްގެ މި އަހަރުގެ ނަތީޖާ ދައްކާ ގޮތުން ފިޒިކްސްއިން ވަނީ ގިނަ ދަރިވަރުން ރަނގަޅު ކާމިޔާބީއެއް ހޯދާފަ އެވެ. އެގޮތުން 4 ދަރިވަރަކު ވަނީ ފިޒިކްސް އިން އޭ ސްޓަރ ހޯދާފަ އެވެ. އަދި 11 ދަރިވަރަކު އޭ ހޯދާފައިވާއިރު 10 ދަރިވަރަކު ބީ ހޯދާފައިވެ އެވެ.

ދިވެހި އިމްތިހާނުގައި ބައިވެރިވި 91 ދަރިވަރުންގެ ތަރެއިން 67 ދަރިވަރުން ފާސްވެފައިވާއިރު އިސްލާމްގައި ބައިވެރިވި 90 ދަރިވަރުންގެ ތެރެއިން 57 ދަރިވަރުން ވަނީ ފާސްވެފަ އެވެ.

މީގެއިތުރުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ފާސްވެފައިވަނީ ކެމިސްޓްރީނެވެ. އެއީ އެ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 75 އިންސައްތަ އެވެ.

މި އަހަރު އަލަށް އޭލެވެލް އިމްތިހާން ހެދި މާއްދާ ކަމަށްވާ މެރައިން ސައިންސްގެ އިމްތިހާނުގައި ބައިވެރިވި 21 ދަރިވަރުންގެ ތެރެއިން 12 ދަރިވަރުން ވަނީ ފާސްވެފަ އެވެ.

ބިޒްނަސް ސްޓްރީމްގެ މާއްދާތަކަށް ބަލާލާއިރު އެކައުންޓުން 2 ދަރިވަރަކު ވަނީ އޭ ސްޓަރ ހޯދާފަ އެވެ. އަދި އެ މާއްދާއިން 3 ދަރިވަރަކު އޭ ހޯދާފައިވާއިރު 4 ދަރިވަރަކު ވަނީ ބީ ހޯދާފަ އެވެ. މި މާއްދާގެ އިމްތިހާނުގައި ބައިވެރިވެފައިވަނީ ޖުމްލަ 14 ދަރިވަރުންނެވެ. އޭގެ ތެރެއިން 9 ދަރިވަރުން ވަނީ ފާސްވެފަ އެވެ.

މީގެ އިތުރުން ބިޒްނަސް ސްޓަޑީޒް އިން 1 ދަރިވަރަކު އޭ ހޯދާފައިވާއިރު އެ މާއްދެ އިމްތިހާނުގައި ބައިވެރިވި 15 ދަރިވަރުންގެ ތެރެއިން 9 ދަރިވަރުން ވަނީ ފާސްވެފަ އެވެ. އެއީ އިމްތިހާނުގައި ބައިވެރި ދަރިވަރުންގެ 60 އިންސައްތަ އެވެ.

ޖަލާލުއްދީން ސްކޫލުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ފާސްވެފައިނުވަނީ އިނގިރޭސިންނެވެ. އެއީ އެ އިމްތިހާނުގައި 83 ދަރިވަރުން ބައިވެރިވެފައިވާއިރު ފާސްވެފައިވަނީ 30 ދަރިވަރުންނެވެ. 53 ދަރިވަރުން އެ މާއްދާއިން ފާހެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355