ޒުވާނުންގެ މެދުގައި މަގުބޫލު ސައިކަލުގެ ގިނަ ވައްތަރުތަކެއް ވަރަށް ފަހުން ވިއްކަން ފެށި ލިޓަސް އޮޓޯމޯބައިލްސް އިން “ޓަސްލާފައި ބޯކޮށް ޑިސްކައުންޓް”ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ލިޓަސްގެ މާކެޓިންގ މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ މި މަހުގެ 25 ން ފެށިގެން ފެބްރުއަރީ މަހުގެ 28 އަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ލިޓަސް އޮޓޯމޮބައިލްސްއިން އިންސްޓޯލްމެންޓަށް ގަންނަ ސައިކަލުތަކުން ދައްކަން ޖެހޭނީ ތިންބައި ކުޅަ ދެބައި ފައިސާ ކަމަށާއި ބާކީ އޮތް ބައިން %20 ގެ ޑިސްކައުންޓެއް ގުރުއަތުން ހޮވޭ ފަރާތަކަށް ލިބޭނެ ކަމަށެވެ.
ލިޓަސްއިން 7 އޮކްޓޯބަރުން 17 ޖެނުއަރީއަށް ކުރިއަށް ގެންދިޔަ ސްކޫޓީ އައި ސައިކަލެއް އިނާމަކަށް ލިބޭ ޕްރޮމޯޝަނުގެ މުއްދަތު މިހާރު ވަނީ ފެބްރުއަރީ 28 އަށް އިތުރުކޮށްފަ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ލިޓަސް ސާރވިސް ސެންޓަރުން ހޯދާ ކޮންމެ 200 ރުފިޔާ އަށް ވުރެ މަތީގެ ހިދުމަތަކަށް ވައުޗަރެއް ލިބެ އެވެ.
އަދި މީގެއިތުރުންވެސް ލިޓަސްއިން ކޮންމެ އަހަރަކު އެއްފަހަރު ލިޓަސްގެ ކަސްޓަމަރުންގެ މެދުގައި ގުރުއަތުނަގާ އިނާމެއްގެ ގޮތުގައި ސައިކަލެއް ހަދިޔާ ކުރަން ވަނީ ނިންމާފަ އެވެ.
ލިޓަސްއިން ވިއްކާ ސައިކަލު އިންސްޓޯލްމެންޓް އުސޫލުން ނެގުމުގައި ބަލަނީ ކަސްޓަމަރުންނަށް ވީހާވެސް އަވަހަށް ފަސޭހައިން ހިދުމަތް ލިބިގެންދާނެ ގޮތަކަށެވެ. އަދި ލިޓަސް ސާރވިސް ސެންޓަރުން ދަނީ ސައިކަލްތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ރަނގަޅު ފެންވަރެއްގައި ދެމުންނެވެ.
ލިޓަސް އޮޓޯމޯބައިލްގެ ޝޯރޫމް ހުންނާނީ ޖަނަވަރީ މަގުގަ އެވެ.