twitterviber whatsapp telegramfacebookyoutube instagram
11th April 2026

ހީތުރޯ އެއާޕޯޓް ވައްޓާލުމަށްފަހު ދުބާއީ އެއާޕޯޓް އެއްވަނައަށް

Jan 28, 2015

ދުނިޔޭގެ އެންމެ ކާރޫބާރުބޮޑު އެއާޕޯޓްގެ ގޮތުގައި އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއާޕޯޓް ދަމަހައްޓަމުން އައި މަގާމު ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިފި އެވެ.

ވޭތުވެދިޔަ 350 އަހަރު ހީތުރޯ އިން ދެމެހެއްޓި މަގާމު ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ހޯދީ 2014 ވަނަ އަހަރު 70.5 މިލިޔަން ޕަސެންޖަރުންނަށް ޚިދުމަތް ދީގެންނެވެ. މިދިޔަ އަހަރު ހީތުރޯއިން ދަތުރުކުރި ޕަސެންޖަރުންގެ އަދަދަކީ 68.1 މިލިޔަން މީހުންނެވެ.

ދުބާއީ އެއާޕޯޓްސް އިން ބުނާގޮތުން މިދިޔަ އަހަރު ޕަސެންޖަރުންގެ އަދަދު ވަނީ 6.1 އިންސައްތަ މައްޗަށް ޖެހިލާފައެވެ.

“ހުރިހާ އެންމެންގެވެސް މަގުސަދަކީ ދުބާއީއަކީ ވައިގެ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މަރުކަޒަށް ހެދުން.” ދުބާއީ އެއާޕޯޓްސްގެ ޗެއަރމަން ޝެއިޚް އަހުމަދު ބިން ސައީދު އަލް މަޚްތޫމް ބުންޏެވެ.

ހީތުރޯ އެއާޕޯޓުންވެސް ދަނީ އެއާޕޯޓްގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ އެއާޕޯޓުން މިހާރު އޮޕަރޭޓް ކުރަމުންދަނީ %98 ގެ ކެޕޭސިޓީގައެވެ. — ބީބީސީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355