twitterviber whatsapp telegramfacebookyoutube instagram
10th November 2026

ޓްވިޓަރ އިން ވީޑިއޯ އަދި ގްރޫޕް މެސެޖުކުރުން ތައާރަފް ކޮށްފި

Jan 28, 2015

ދުނިޔޭގެ އެތައް މިލިއަން މީހުންނެއް ބޭނުން ކުރަމުން އަންނަ ޓްވިޓަރއިން ވީޑިއޯ އަދި ގްރޫޕް މެސެޖުކުރުން ތައާރަފް ކޮށްފި އެވެ.

ވީޑިއޯ އަދި ގްރޫޕު މެސެޖު ތައާރަފް ކުރިކަން އިއުލާނު ކުރުމަށް ޓްވިޓަރއިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ ގްރޫޕް މެސެޖުކުރުމުގެ ސަބަބުން “ޓްވިޓަރ ބޭނުންކޮށްގެން މުއާމަލާތު ކުރަނީ ކާކާ އެކީ ކިހިނެއް ކަން” އިތުރުވާ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޓްވިޓަރ އިން ޔަގީންކަން ދީފައިވާ ގޮތަށް މިހާރު ޖުމުލަ 20 މީހުންނަށް އެއްފަހަރާ ޓްވިޓަރ އިން މެސެޖު ކޮށްލެވޭނެ އެވެ. އަދި 30 ސިކުންތަށް ވުރެ ދިގު ނޫން ވީޑިއޯ ކްލިޕް ވެސް ޓްވިޓަރ އަށް މިހާރު އަޕްލޯޑް ކުރެވޭނެ އެވެ. ޓްވިޓަރ ބޭނުންކޮށްގެން އެވީޑިއޯކޮޅު ފިލްމުކޮށް އެޑިޓް ވެސް ކުރެވޭނެ އެވެ.

ޓްވިޓަރ ބޭނުންކުރާ ފަރާތްތަކުގެ އަދަދު 500 މިލިއަނަށް އަރާފައިވާ އިރު އޭގެ ތެރެއިން 284 މިލިއަން ފަރާތަކުން ދުވާލަކު އެއްފަހަރު ނަމަވެސް ޓްވިޓަރ ބޭނުންކުރެ އެވެ. އަދި ދުނިޔޭގެ އެންމެ ގިނައިން ބޭނުންކުރާ 10 ވެބްސައިޓުގެ ތެރޭގައި ޓްވިޓަރ ވަނީ ހިމެނިފަ އެވެ. އެހެންނަމަވެސް މިދިޔަ އަހަރު އެކުންފުނީގެ ޝެއަރސް ތަކުގެ އަގު ތިންބައިކުޅަ އެއްބަޔަށް ވަނީ ތިރި ވެފަ އެވެ.

ގްރޫޕް ‘ޗެޓު’ކުރުމާއި ވީޑިއޯ ‘ސެއަރ’ ކުރުމަކީ ފޭސްބުކާއި ވަޓްސްއެޕް ފަދަ އިޖުތިމާއީ ވެބްސައިޓުތަކުގައި މިހާރު ވަރަށް އާންމު ވެފައިވާ ކަންތައްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293