twitterviber whatsapp telegramfacebookyoutube instagram
11th May 2024

ޖަލާލުއްދީން ސްކޫލުގެ ޕްރިފެކްޓް ބޯޑާ މިއަހަރު އަލަށް ގުޅުނު ދަރިވަރުން ހުވާ ކޮށްފި

Feb 1, 2015

ޖަލާލުއްދީން ސްކޫލުގެ ޕްރިފެކްޓް ބޯޑާ މިއަހަރު އަލަށް ގުޅުނު ދަރިވަރުން މިއަދު ހުވާ ކޮށްފި އެވެ.

އައު ޕްރިފެކްޓުން ހުވާ ކޮށްފައިވަނީ މިއަދު ހެނދުނުގެ އެސެމްބްލީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސްކޫލުގެ އިސްމަގާމްތަކާ ހަވާލުވި ދަރިވަރުންނަށް ސެޓްފިކެޓާއި ޝޭޝް ހަވާލުކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަސްގެ ލެކްޗަރަރ އަލީ އިސްމާއިލެވެ. އަދި ދަރިވަރުންނަށް ހުވާ ލައިދެއްވީ ސްކޫލުގެ ޕްރިންސިޕަލް މަހުދީ ޝާހިދެވެ.

މި އަހަރު ޖަލާލުއްދީން ސްކޫލުގެ ކެޕްޓަނަކަށް ހޮވިފައިވަނީ މުހައްމަދު އަރުޝަމް އަބުދުއް ރަޝީދެވެ. ޑެޕިއުޓީ ކެޕްޓަނުންނަށް ސަނާ އިބްރާހިމާއި އަލީ ނާޖިހް ހޮވިފައިވާއިރު މިދަރިވަރުން ރަސްމީކޮށް މަގާމާއި ހަވާލުވާނީ ގްރޭޑް 12 ގެ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގަ އެވެ. މި އަހަރު ސްކޫލުގެ ގޭމްސް ކެޕްޓަނަކަށް ހޮވިފައިވަނީ އަހުމަދު އަބުދުއް ނަޒީރެވެ. އަދި ގޭމްސް ޑެޕިއުޓީ ކެޕްޓަނަކަށް ހޮވިފައިވަނީ މަރިޔަމް ވަސްމާ އެވެ.

ޖަލާލުއްދީން ސްކޫލުގެ ކެޕްޓަނަކަށް ހޮވުނު އަރުޝަމްއަށް ކެޕްޓަން ކަމުގެ ލިޔުން ހަވާލުކޮށްދެނީ–ފޮޓޯ: ޖަލާލުއްދީން ސްކޫލް

ސްކޫލުގެ ހައުސް ތަކުގެ ކެޕްޓަނުންނަށް ވެސް މިއަދު ވަނީ މަޤާމް ހަވާލުކޮށްފަ އެެވެ. މިގޮތުން އެމަރަލްޑް ހައުސްގެ ކެޕްޓަނަކަށް ހަނާނު މުހައްމަދު ނިޒާރު ހޮވިފައިވާއިރު ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނީ ފާތިމަތު އީވާން މުހައްމަދެވެ. ޓޮޕާޒް ހައުސްގެ ކެޕްޓަނަކަށް ހޮވިފައިވަނީ ނަޝާ ނިޒާރު އެވެ. އަދި ޑެޕިއުޓީ ކެޕްޓަނަކަށް ހޮވިފައިވަނީ މިޒުނާ އަބުދުއް ގާސިމް އެވެ.

ސިނާ ހަސަން ރޫބީ ހައުސް ކެޕްޓަނަކަށް ހޮވުނު އިރު ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނީ އައިޝަތު ޖަޒީލާ އެވެ. ޝަފާޔާ ހައުސްގެ ކެޕްޓަނަށް އައިމިނަތު ރައިފާ ހޮވުނުއިރު ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނީ އައިމިނަތު ހުމައިދާ އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕްރިފެކްޓް ބޯޑާ އަލަށް ގުޅުނު 16 ދަރިވަރުންނާއިއެކު މިހާރު ޕްރިފެކްޓުންގެ ޖުމްލަ އަދަދަކީ 69 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355