twitterviber whatsapp telegramfacebookyoutube instagram
4th May 2024

ހޮސްޕިޓަލް އަދި ދިރާގު ކުއާޓަރ އަށް

Feb 8, 2015

ޒިގްޒެގް އިންޓަރ އޮފީސް މުބާރާތުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް އެންމެ ފުރަތަމަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެ ޓީމު ކަމުގައިވާ ދިރާގު އަދި ހޮސްޕިޓަލް ކުއާޓަރ އަށް ދަތުރުކޮށްފި އެވެ.

ހޮސްޕިޓަލް އިން ކުއާޓަރ އަށް ދަތުރުކުރީ ރޭ ރަށު ކައުންސިލް 6-0 އިން ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މި މެޗުގައި ރަށު ކައުންސިލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނުއިރު ހޮސްޕިޓަލް ޓީމަށް އެ އޮފީހުން ބޭރުން ކުޅޭ ކުޅުންތެރިޔާ އަބޫބަކުރު އާދަމް (އަބޫ) ވަނީ 4 ލަނޑު ޖަހައި މެޗު މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފަ އެވެ. ހޮސްޕިޓަލް ޓީމު ދެވަނަ ބުރުގައި ބައްދަލުކުރާނީ އެންމެ ފަހުން ކުޅެވުނު ދެ މުބާރާތުގެ ވެސް ޗެމްޕިއަން އަދި މި އަހަރުގެ މުބާރާތުގެ ވެސް ފޭވަރިޓްސް ކަމުގައިވާ ޕޮލިސް ޓީމާ ދެކޮޅަށެވެ.

މި ގުރޫޕްގެ އަނެއް މެޗުގައި ރޭ އެސްޓީއޯ ވަނީ 10-1 އިން އަފީފުއްދީން ސްކޫލް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ އަށް ދަތުރުކޮށްފަ އެވެ. މި މެޗުގެ ފަހު ވަގުތު އެސްޓިއޯ ކޮޅަށް ވަން ލަނޑަކީ މި މުބާރާތުގައި އެސްޓީއޯ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުރިން ދެ މެޗުގެ ވެސް މޮޅު ކުޅުންތެރިޔާ ހަސަން މުހައްމަދު އެވެ. އެސްޓީއޯ ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނެ ކަމަށް ބެލެވެނީ ގުރޫޕް ސީ ގެ ދެވަނައަށް ދާނެ ކަމަށް ބެލިފައިވާ އެމްއާރްޑީސީއާ އެވެ.

ރޭގެ ފަހު މެޗުގައި ދިރާގުން ވަނީ ފަސޭހަ ކަމާއެކު އެމްޑަބްލިއުއެސްސީ 11-0 އިން ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ އަށް ދަތުރުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަޔާޒް އަހްމަދު ވަނީ 4 ލަނޑު ޖަހާފަ އެވެ. ދިރާގަށް ދެވަނަ ބުރުގައި ކުޅެން ޖެހޭނެ ކަމަށް ބެލެވެނީ ކަސްޓަމްސް ނޫނީ އެމްއެންޑީއެފްއާ އެވެ.

މިރޭ މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އެމްއާރްޑީސީ އަދި އެމްއެންޔޫ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އުރީދު އަދި ކަސްޓަމްސް އިންނެވެ. އަދި ފަހު މެޗުގައި ކުޅޭނީ އެމްއެންޑީއެފް އަދި ހދ އޭއީސީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355