twitterviber whatsapp telegramfacebookyoutube instagram
16th May 2025

ކުޅުދުއްފުށީ ރައްޔިތުން ކިނބުލަށް ސަމާލުވުމަށް އަންގައިފި

Feb 8, 2015

ކުޅުދުއްފުށީ ރައްޔިތުން ކިނބުލަށް ސަމާލުވުމަށް ކުޅުދުއްފުށީ ކައުންސިލުން އަންގައިފި އެވެ.

ކުޅުދުއްފުށީ ކައިރީގައި ކިނބޫ އުޅޭކަމަށް ފުލުހުން ކައުންސިލަށް އަންގާފައިވާއިރު ކައުންސިލުން ވަނީ ދަތުރު ކުރުމުގައާއި މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އަޑުގަދަކުރާއިން ކައުންސިލުން ސަމާލުވެ ތިބުމަށް އަންގާފައިވާއިރު އިއްޔެ ހެނދުނު ނޮޅިވަރަމްފަރު ކައިރިން ކިނބުލެއް ފެނިގެން ފުލުހުންނަށް އެކަން ވަނީ ރިޕޯޓްކޮށްފަ އެވެ.

އުތުރުގެ އަތޮޅުތަކުން ގިނަ އަދަދަކަށް ކިނބޫ ފެންނަމުންދާތީ ފުލުހުން ވަނީ މިކަމަށް ސަމާލުވެ ތިބުމަށް އަންގާފަ އެވެ. އަދި އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށްވެސް އެ ފަރާތުން އެދެ އެވެ.

ނޮޅިވަރަމްފަރު ކައިރިން 8 ފޫޓްގެ ކިނބުލެއް ފެނިގެން ރިޕޯޓްކޮށްފައިވާއިރު އެއީ ހދ އަތޮޅުން ކިނބުލެއް ފެނިގެން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355