twitterviber whatsapp telegramfacebookyoutube instagram
16th May 2025

ށ. އަތޮޅުން ޕޮލިސް ރިޕޯޓް ހެދުމަށް މަގު ފަހިކުރުމަށް އެ އަތޮޅު ކައުންސިލުން ޕްރިންޓަރުތަކެއް ހަދިޔާކޮށްފި

Feb 12, 2015

ށ. އަތޮޅުގެ ޕޮލިސް ސްޓޭޝަނުންތަކުން ޕޮލިސް ރިޕޯޓް ދޫކުރުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ށ އަތޮޅު ކައުންސިލުން ފުލުހުންނަށް ޕްރިންޓަރުތަކެއް ހަދިޔާކޮށްފި އެވެ.

ޕްރިންޓަރުތައް ހަދިޔާކުރުމަށް މިއަދު ށ އަތޮޅު ކައުންސިލު އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި އެތަކެތި އަތޮޅު ކައުންސިލުގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްދެއްވީ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާރިފެވެ. ފުލުހުންގެ ފަރާތުން ޕްރިންޓަރުތަކާ ހަވާލުވެލެއްވީ ށ. އަތޮޅު ޕޮލިސް ސްޓޭޝަން ކޮމާންޑަރ ސަބް އިންސްފެކްޓަރ އޮފް ޕޮލިސް އިބުރާހިމް މުސްތަފާ އެވެ.

އަތޮޅު ކައުންސިލުގެ ރައީސް އާޢި ށ އަތޮޅު ޕޮލިސް ކޮމާންޑަރ ޕްރިންޓަރުތަކާ ހަވާލުވެލައްވަނީ

ށ. އަތޮޅު ކައުންސިލުން ފުލުހުންނަށް މިއަދު ވަނީ 5 ޕްރިންޓަރު ހަދިޔާކުރައްވާފަ އެވެ. މި ފްރިންޓަރުތަކަކީ ކައުންސިލަރުންގެ އަމިއްލަ ހަރަދުގައި ހޯދި ޕްރިންޓަރުތަކެކެވެ.

ޕްރިންޓަރުތައް ހަދިޔާކޮށްފައިވަނީ ށ.ފޯކައިދޫ އާއި ކަނޑިތީމް އަދި މިލަންދޫގެ އިތުރުން ކޮމަންޑޫ އާއި ފީވަކު ޕޮލިސް ސްޓޭޝަނަށެވެ. މި ޕްރިންޓަރުތަކާ އެކު

އެއަތޮޅުގައި ގާއިމްވެފައިވާ ހުރިހާ ޕޮލިސް ސްޓޭޝަނުތަކަކުން ޕޮލިސް ރިޕޯޓްގެ ދޫކުރެވިގެންދާނެ އެވެ.

ށ. އަތޮޅުގައި މިހާރު ޕޮލިސް ރިޕޯޓް ދޫކުރަނީ ހަމައެކަނި ވެރިކަން ކުރާ ރަށް ފުނަދޫއިންނެވެ. މިރަސްމިއްޔާތުގައި އެއަތޮޅުގެ ޕޮލިސް ސްޓޭޝަނުތަކުގެ އިންޗާޖުންނާއި އަތޮޅު ކައުންސިލަރުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355