twitterviber whatsapp telegramfacebookyoutube instagram
12th August 2026

އަހަރީ ދުވަސް ފާހަގަ ކުރުމަށް ޖަލާލުއްދީން ސްކޫލުގައި ކުލަގަދަ ހަރަކާތަކެއް ކުރިއަށް ގެންދަނީ

Feb 15, 2015

17 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖަލާލުއްދީން ސްކޫލުގައި ގިނަ ހަރާކާތެއް މިއަދު ފަށައިފި އެވެ.

ޖަލާލުއްދީން ސްކޫލު ހުޅުވާފައިވަނީ 1998 ވަނަ އަހަރު ފެބްރުއަރީ މަހު އޭރުގެ ރައީސުލް ޖުމްރޫހިއްޔާ މައުމޫނު އަބުދުލް ގައްޔޫމެވެ

އަހަރީ ދުވަހުގެ ހަރަކާތައް މިއަދު ފެށިފައިވަނީ ހާއްސަ އެސެމްބްލީއަކުންނެވެ. އެސެމްބަރީގައި ދިދަ ނެގުން ކުރިއަށް ގެންދިޔައީ ކެޑޭޓުންނެވެ.

ދުވަހާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޕްރިންސިޕަލް މަހްދީ ޝާހިދު ވިދާޅުވީ ތައުލީމް ހާސިލްކުރުމަށް ފަހު ކޮންމެ ދަރިވަރަކު ވެސް އަތޮޅާއި ރަށަށް ނުވަތަ އެކުއްޖަކު ނިސްބަތްވާ ސަރަހައްދަކަށް ހިދުމަތް ކުރުމަށް އެދިލެއްވި އެވެ.

ޖަލާލުއްދީން ސްކޫލަކީ ރާއްޖޭގެ އުތުރުގެ ތައުލީމީ މައި ހަބް ކަމަށްވާއިރު ސްކޫލުން ތައުލީމް ހާސިލް ކުރާ ދަރިވަރުން ” އުތުރު ” ތަރައްގީކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އޭނާ ގޮވާލެއްވި އެވެ.

މިއަދުގެ އެސެމްބްލީގައި ދުވަހާ ގުޅޭ ގޮތުން ދަރިވަރެއްގެ ހައިސިއްޔަތުން ވާހަކަ ދެއްކެވީ ސްކޫލު ކެޕްޓަން ޝަހީދާ އިބްރާހިމެވެ. އަދި ޓީޗަރެއްގެ ގޮތުން ވާހަކަ ދެއްކެވީ ރޮޖީ ސަރ އެވެ.

17 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުގެ ކޮންމެ ކުލާހަކު އައިޓަމެއް ހުށަހަޅައިދޭ ޓެލެންޓް ޝޯ އެއް މިއަދު ކުރިއަށްގެންދާނެ އެވެ. އަދި ދުވަހާ ގުޅޭ ހާއްސަ ރަސްމިއްޔާތު މިއަދު ހަވީރު ސްކޫލު ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355