twitterviber whatsapp telegramfacebookyoutube instagram
11th April 2026

ގިލި ލަންކަންފުށިން ހަދިޔާކުރި ބައިސްކަލްތައް އަފީފުއްދީން ސްކޫލަށާއި ހަނިމާދޫ ސްކޫލަށް

Feb 17, 2015

ގިލި ލަންކަންފުށިން އެޑިއުކޭޝަން މިނިސްޓްރީއާ އިއްޔެ ހަދިޔާ ކުރި ބައިސްކަލްތައް ފޮނުވުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރެއިން ހދ ހަނިމާދޫ ސްކޫލާއި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ހިމެނިއްޖެ އެވެ.

އެ ރިސޯޓްގެ ފަރާތުން ޖުމްލަ 50 ބައިސިކަލް އެޑިއުކޭޝަނަށް ހަދިޔާކޮށްފައިވާއިރު މި ބައިސްކަލަތައް ދެން ފޮނުވުމަށް ހަމަޖެހިފައިވަނީ ި، ނ. ކެނދިކުޅުދޫ ސުކޫލާއި ޏ. ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އައްޑޫ ސިޓީގެ ޝަރަފުއްދީން ސުކޫލަށް ކަމަށް އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.

ބައިސްކަލްތައް ފޮނުވުމަށް މި 5 ރަށް ހަމަޖައްސާފައިވަނީ މިރަށްތަކަކީ ބިމުގެ ގޮތުން ބޮޑު އަދި ނިސްބަތުން ދަރިވަރުންގެ އާބާދީ ގިނަ ސުކޫލުތަކަށް ވުމުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި އެވެ.ސްކޫލަކަށް ދިނުމަށް ހަމަޖެހިފައިވަނީ 10 ބައިސްކަލެވެ.

މި ބައިސްކަލްތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ސުކޫލުތަކުގެ މުއައްޒަފުންނާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުން ނެވެ.

މި ބައިސްކަލްތަކަކީ ގިލިލަންކަންފުށީގައި ބޭނުންކޮށްފައިހުރި ބައިސްކަލްތަކެއް ކަމަށާއި އެރިސޯޓަށް ބައިސްކަލްގެ އާޝިޕްމަންޓެއް ލިބުމުން މިހާރު ބޭނުންކުރަމުންދާ ބައިސްލަކްތައް ސުކޫލުތަކުގެ ބޭނުމަށް ދޭން ހަމަޖެއްސީކަމަށް ވެސް އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355