twitterviber whatsapp telegramfacebookyoutube instagram
11th April 2026

ކައުންސިލުން އިންތިޒާމްކުރާ ޤުރުއާން މުބާރަތް މި މަހު ފަށަނީ

Feb 18, 2015

ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީ ސްކޫލްތަކަށާއި ޤުރުއާން ކުލާސްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޤުރުއާން މުބާރާތް މި މަހު 26 އަދި 27 ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށީގެ 5 ސްކޫލް ކަމަށްވާ ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް، ހދ އަތޮޅު ތައުލީމީ މަރުކަޒު، އަމީރު އަމީން ސްކޫލް އަދި އިރުމަތި އަވަށު ޕްރީ ސްކޫލް އިން މި މުބާރާތުގައި ބައިވެރިވެފައިވާއިރު ކުޅުދުއްފުށީގެ އުލޫމުލް ޤުރުއާން ކުލާހުންވެސް މި މުބާރާތުގައި ދަރިވަރުން ބައިވެރިކުރެ އެވެ.

އެގޮތުން ދެ ގޮއްޕަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވި ހަމައެކަނި ޤުރުއާން ކުލާސް ކަމަށްވާ އުލޫމުލް ޤުރުއާން ކުލާހުގެ 15 ދަރިވަރުން ބައިވެރިވެފައިވާއިރު އަމީރު އަމީން ސްކޫލުން 2 ދަރިވަރަކާއި އައިޕީއެސްއިން 7 ދަރިވަރަކު ބައިވެރިވެފައިވެ އެވެ. އަދި ޖަލާލުއްދީން ސްކޫލްގެ 8 ދަރިވަރުން މި މުބާރާތުގައި ބައިވެރިވެފައިވާއިރު އަފީފުއްދީން ސްކޫލާއި އޭއީސީއިން ކޮންމެ ސްކޫލަކުން 15 ދަރިވަރުން މި މުބާރާތުގައި ވަނީ ބައިވެރިވެފަ އެވެ.

ޖުމްލަ 62 ދަރިވަރުން ބައިވެރިވާ މި މުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުންނަށް އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355