twitterviber whatsapp telegramfacebookyoutube instagram
14th February 2026

ކަރަންޓު ސަބްސިޑީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Feb 19, 2015

ކަރަންޓު ސަބްސިޑީއަށް ކުރިމަތިލުމުގެ ފުރުސަތު ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިޖްތިމާއީ ރައްކާތެރިކަމުގެ ދަށުން ދެވޭ އެހީތައް މުރާޖާކުރުމުގެ ގޮތުން މިހާރު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ދެމުންގެންދާ ކަރަންޓު ސަބްސިޑީ ލިބޭ ފަރާތްތައް އަލުން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން ފޯމް ދޫކުރަން ހަމަޖެހިފައިވަނީ ކޮންމެ ގޭބިސީއެއްގައި ހުރި ކަރަންޓު މީޓަރަކަށް 1 ފޯމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކައުންސިލް އިދާރާގައި ކުރިއަށްދާއިރު ފޯމް ހުށައެޅުމުގެ މުއްދަތަކީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަބްސިޑީއަށް އެދި ހުށައަޅާ ފޯމް ކުޅުދުއްފުށީ ކައުންސިލުން އިދާރާއިން ލިބެން ހުންނާނެއިރު އެންސްޕާރގެ ވެބްސައިޓްއިން ވެސް ފޯމް ލިބެން ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355