twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ އަތޮޅު ޤުރުއާން މުބާރާތް މި އަހަރު ނޮޅިވަރަމްފަރުގަ

Feb 21, 2015

ހދ އަތޮޅު ޤުރުއާން މުބާރާތް މި އަހަރު ބާއްވާ ރަށުގެ ގޮތުގައި ނޮޅިވަރަންފަރު ހަމަޖެހިއްޖެ އެވެ.

މިކަން އިއުލާންކޮށް ހދ އަތޮޅު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ވަނީ ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި މުޅި އަތޮޅަށް ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައިވަނީ ހދ. ނޮޅިވަރަންފަރުން ކަމަށެވެ.

ޤުރުއާން މުބާރާތް ބޭއްވުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ 4 ރަށަކުންނެވެ. އެއީ ހަނިމާދޫ، ނޮޅިވަރަންފަރު، ވައިކަރަދޫ އަދި މަކުނުދޫ އެވެ. މީގެތެރެއިން ހަނިމާދޫން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ފެކްސްއިން ކަމަށްވާތީ އެ ޕްރޮޕޯސަލް ހިމަނާފައިނުވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހޮވާފައިވަނީ އިވެލުއޭޓް ކޮމިޓީން އެ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހުގަ އެވެ.

އަތޮޅުގެ ވެރިކަން ކުރާ އަދި އެންމެ އާބާދީ ބޮޑު ކުޅުދުއްފުށިން މި މުބާރާތް ބޭއްވުމަށް ޕްރޮޕޯސަލް ހުށަހަޅާފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355