twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ އަތޮޅު ކައުންސިލުން ދެމުންދާ ލޯންޗް ފެރީގެ ހިދުމަތް ހުއްޓާލަނީ

Feb 21, 2015

މާލީގޮތުން ގެއްލުން ވަމުންދާތީ ހދ އަތޮޅު ކައުންސިލުގެ ފަރާތުން ކުޅުދުއްފުއްޓާއި ހަނިމާދުއާ ދެމެދު ދަތުރުކުރާ ލޯންޗް ފެރީގެ ހިދުމަތް ހުއްޓާލުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ތެރޭގައި ހދ އަތޮޅު ކައުންސިލުން ފަށާފައިވާ މިހިދުމަތް ހުއްޓާލުމަށްޓަކައި އަތޮޅުގެ ރައްޔިތުންނަށް މިކަން އެންގުމަށްޓަކައި ހދ އަތޮޅުގެ ރަށު ކައުންސިލް އިދާރާތައް މެދުވެރިކޮށް މިކަންވަނީ މިދިޔަ ހަފްތާގައި އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ.

އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓާރ އަބްދުލް މުހައިމިން ވިދާޅުވީ ލޯންޗްގެ ހިދުމަތް ހުއްޓާލުމަށް ނިންމާފައި ވަނީ އެ ހިދުމަތް ފެށުމުގެ މަގުސަދު ހާސިލް ވެފައިނުވާތީ ކަމަށެވެ.

ކޮޅަކަށް 300 ރުފިޔާ އަށް ދަތުރު ކުރެވޭ މިލޯންޗް ފެރީ ދަތުރުތަކުން ވެފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން މުހައިމިން ހާމަކޮށްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355