twitterviber whatsapp telegramfacebookyoutube instagram
6th November 2025

ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި މަސް މާރުކޭޓުގެ މަސައްކަތް ނިންމާލެވޭނެ: ހަނިމާދޫ ކައުންސިލް

Feb 21, 2015

އައިލެންޑް އެކްސްޕާރޓުން ހަނިމާދޫގައި ހަދަމުން އަންނަ މަސްމާރުކޭޓުގެ މަސަކަތް ކުރިއަށް އޮތް ދޮޅުމަސް ތެރޭގައި ނިންމާލެ ވަރުވާނޭކަމަށް ހަނިމާދޫ ކައުންސިލުން ބުނެފި އެވެ.

“ކުޅުދުއްފުށި އޮންލައިނުން” ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލުގެ ނައިބް ރައީސް އަބުދުއްސަލާމް ވިދާޅުވީ ހަނިމާދޫގައި އިމާރާތް ކުރަމުން އަންނަ މަސް މާރުކޭޓްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް ވަންޏާ ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި މަސްމާރުކޭޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މަތީގައި ރެސްޓޯރެންޓެއް ހިމެނޭގޮތަށް 2 ބުރިއަށް އިމާރާތްކުރާ މި މަސް މާރުކޭޓުގައި މިހާރު ހިނގަމުންދަނީ ފިނިޝިންގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަބުދުއްސަލާމް ވިދާޅުވި ގޮތުގައި މާރުކޭޓްގެ މަސައްކަތް ނިމުމުން އެތަން ހިންގުމަށް ބަޔަކާ ހަވާލުކުރާނީ ބިޑް އުސޫލުންނެވެ. އަދި ވިސްނާފައިވަނީ ރެސްޓޯރެންޓާއެކު މަސްމާރުކޭޓްގެ މަސައްކަތްވެސް ބިޑް ހުށައަޅާ ފަރާތައް ދޫކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިިދިޔަ އަހަރުގެ ތެރޭގައި އައިލެންޑް އެކްސްޕާރޓާ ހަވާލު ކޮށްގެން އިމާރާތް ކުރަމުންއަންނަ މި މަސް މާރުކޭޓަކީ 50 ފޫޓް 30 ފޫޓްގެ އިމާރާތެކެވެ. މި މަސް މާރުކޭޓް އިމާރާތް ކުރަމުންދަނީ ހަނިމާދޫގެ ބަނދަރުގެ އުތުރު ފަރާތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355