twitterviber whatsapp telegramfacebookyoutube instagram
12th May 2024

ހދ. އޭއީސީ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށްގެންދިޔަ ރެޑީ ކޭމްޕް ނިމިއްޖެ

Feb 21, 2015

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 7 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ ރެޑީ ކޭމްޕް ނިންމާ ބައިވެރިންނަށް ސެޓްޕިކެޓް ހަވާލުކޮށްފި އެވެ.

3 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޭމްޕް ނިމުމަށް މިއަދު އެ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ.

މި ކޭމްޕްގައި 89 ދަރިވަރަކު ވަނީ ބައިވެރިވެ ސެޓްޕިކެޓް ހާސިލްކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަސައްކަތް ފާހަގަކުރައްވައި، ހދ. އަތޮޅު ތައުލީމީ މަރުކަޒުން ފުލުހުންނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފަ އެވެ.

ޝަރަފްވެރިމެހެމާނު ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮއްދެވަނީ–ފޮޓޯ:ވާހިދު

މި ކޭމްޕަކީ ޒުވާނުންނާއި ފުރާވަރު ކުދިން ހަރުދަނާ ބަޔަކަށް ހަދައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ގައުމީ މަސައްކަތުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުވެ ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަގުދައްކައި ދިނުމަށް ކުރިއަށްގެންދިޔަ ކޭމްޕެކެވެ.

ޑިވިޝަން ކޮމާންޑަރ ނަސްރުﷲ ޖަލީލު ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްދެވަނީ–ފޮޓޯ:ވާހިދު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރަފްވެރި މެހެމާން ވިދާޅުވީ ރެޑީ ކެމްޕްއިން ދަރިވަރުންނަށް ތަފާތު ހުނަރުތަކާ އައު ކަންތައްތައް ތަޖުރިބާ ކުރުމަށް ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. އަދި ކުދިންނަށް ދަސްކޮށްދެވިފައިވާ ކަންތައްތަކުގެ ބޭނުން އޭގެ އެންމެ އެދެވޭ ގޮތެއްގައި ހިފުމަށް އެކުދިންނަށް ވަގުތު ދިނުމަށް އޭނާ އެދިލެއްވި އެވެ.

ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މައުލޫމާތުދީ އެފަދަ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން ކަންކަމުގައި އިސްނަގައި ހަރަކާތްތެރިވުމަށް ބާރުއަޅައިދޭ ހަރަކާތްތަކާއި، ގައުމީ ލޯބި އިތުރު ކުރުމާއި ގައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް އަހުލުވެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް މި ކޭމްޕްގައި ދަރިވަރުންނަށް ދަސްކޮށްދީފަވެ އެވެ.

އަގުވަޒަން ކުރެއްވުމުގެ ގޮތުން އޭއީސީއިން ފުލުހުންނަށް ފިލައެއް އަރުވަނީ–ފޮޓޯ:ވާހިދު

މީގެއިތުރުން ދަރިވަރުންނަށް މުހިއްމު ބައެއް ގާނޫނޫތައް ކަމުގައިވާ އާއްމު އިޖްތިމާއީ މިންގަނޑުގެ ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތަކަށް އަހުލުވެރި ކުރުމުގެ އިތުރުން ސައިބާ ކްރައިމާ ބެހޭގޮތުންވެސް މިކޭމްޕުގައި މައުލޫމާތު ދިނުމުގެ ޝެޝަންތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިރަސްމިއްޔާތުގައި ފުލުހުންގެ ޑިވިޝަން ކޮމާންޑަރާއި ކައުންސިލު މެންބަރުން އަދި ފުލުހުން ބައިވެރިވެފައިވެ އެވެ

[yass cats=166]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355