twitterviber whatsapp telegramfacebookyoutube instagram
12th May 2024

މަކުނުދޫއަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް މިހަފްތާ ތެރޭ ފެށޭނެ: ޑިޒާސްޓަރ މެނޭޖްމެންޓް

Feb 24, 2015

މި ހަފުތާގެ ތެރޭގައި ހދ މަކުނުދޫއަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށޭނެ ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓުން ބުނެފި އެވެ.

“ކުޅުދުއްފުށި އޮންލައިންނަށް” މައުލޫމާތު ދެއްވަމުން ޑިޒާސްޓަރ މެނޭޖްމެންޓްގެ އިންފޮމޭޝަން އޮފިސަރ ހިސާން ހަސަން ވިދާޅުވީ މަކުނުދޫއަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވާނެ ކަމަށާއި މިހާރު ބިޑް ކޮމިޓީގައި ބިޑްތައް އިވޭލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހިސާން ވިދާޅުވީ މަކުނުދޫއިން އެދިފައިވަނީ 55 ޓަނު ފެނަށް ކަމަށާއި ނަމަވެސް އެއްފަހަރާ 55 ޓަނުގެ ފެން މަކުނުދޫއަށް ފޯރުކޮށްނުދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ފެން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ބެޗްތަކަކަށް ބަހާލައިގެން ކަމަށާއި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކުރާ ފަރާތުގެ ކެޕޭސިޓީހުރި ވަރަކުން ރަށްތަކަށް ފެން ފޯރުކޮށްދެމުންދާނެ ކަމަށެވެ. މަކުނުދޫ ހިމެނޭ ބެޗްގައި ހިމެނެނީ ނ.ހޮޅުދޫ، ބ.ދަރަވަންދޫ، ބ.ހިތާދޫ އަދި ރ.މަޑުއްވަރީ އެވެ.

ހއ ކެލާއިންވެސް ފެނަށް އެދިފައިވާއިރު ހިސާން ވިދާޅުވީ ކެލާއަށްވެސް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އަވަހަށް ފެށޭނެ ކަމަށާއި އެ ރަށް ހިމެނޭ ބެޗަށް ފެން ފޯރުކޮށްދިނުމަށްވެސް މިހާރު މަސައްކަތްކުރާ ކަމަށެވެ. ކެލާއިން އެދިފައިވަނީ 37 ޓަނު ފެނަށެވެ.

މަކުނުދޫގެ ފެން ސްޓޯރޭޖްތަކުން ބޯފެން ހުސްވެފައިވާތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް މިހާރު ވަނީވެފަ އެވެ. އެ ރަށު ކައުންސިލްގެ ރައިސް މުހައްމަދު ޝާކިރު ވިދާޅުވީ ވާރޭނުވެހި ގިނަ ދުވަސްތަކެއްވެފައިވާއިރު ރަށުގައި ބޯފެން ރައްކާކުރުމަށް ބަހައްޓާފައިވާ ތާންގީތަކުން ފެން ހުސްވެ، އެރަށަށް ފެން ބޭނުންވެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355