twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުޑަފަރުފަސްގަނޑަކީ އިއުލާން ކުރިއިރުވެސް ލޮލަށް ފެންނަށް ނެތް ތަނެއް، އެއީ ރައީސް ޔާމީން ކުރެއްވި މަލާމާތެއް

Feb 23, 2015

ހދ އަތޮޅުގައި ރިސޯޓު ހެދުމަށް މިދިޔަ އަހަރު ޓޫރިޒަމް މިނިސްޓްރީ ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ކުޑަފަރުފަސްގަނޑަކީ އިއުލާން ކުރިއިރުވެސް ލޮލަށް ފެންނަށް ނެތް ފަސްގަނޑެއް ކަމަށާއި އެހެން ކަމުން އެއީ ޓޫރިޒަމެއް ނެތް ހދ. އަތޮޅުގެ ރައްޔިތުންނަށް ރައީސް ޔާމީންކުރެއްވި މަލާމާތެއްކަމަށް އެކައުންސިލުގެ ރައީސް އާދަމް ނާސިރު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅު ކައުންސިލުގެ ރައީސް މިހެން ވިދާޅުވީ އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.

އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރުގެ ފޭސްބުކް ޕޯސްޓް

އަދާލަތު ޕާޓީއަށް ނިސްބަތްވާ އާދަމް ނާސިރަކީ އަތޮޅު ކައުންސިލުގެ ހަނިމާދޫ ދާއިރާ ތަމްސީލުކުރައްވާ ދެ މެމްބަރުންގެ ތެރެއިން އެކަކެވެ.

ސަރުކާރުން ހދ އަތޮޅުގައި ރިސޯޓު ތަރައްގީކުރުމަށް މިދިޔަ އަހަރު ހުޅުވާލި ރަށްތަކުގެ ތެެރޭގައި ހިމެނެނީ ހދ. ދިއްޕަރުފުއްޓާއި ކަނަމަނައިގެ އިތުރުން ކުޑަފަރުފަސްގަނޑާއި ހދ އަތޮޅުގައި އޮންނަ ޖޮގްރަފިކް ފަޅެއް ކަމަށްވާ ކުޑަފަރުފަސްގަނޑެވެ.

އެހެން ނަމަވެސް ހއ އަދި ހދ އަތޮޅުގެ ފަސް ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުޅުވާލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އެ އިއުލާން މިދިޔަ ޖެނުއަރީ މަހު ބާތިލް ކޮށްފަ އެވެ

ހދ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅުކަމުގައި ވީނަމަވެސް އެ އަތޮޅުގައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުތަކުން ވަނީ ނުކުޅެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355