twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުރީގެ ރައީސް ނަޝީދު ހައްޔަރުކޮށްފި

Feb 22, 2015

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފި އެވެ.

ރައީސް ނަޝީދު ޔާގޫތުގޭގައި ހުންނަވަނިކޮށް ހައްޔަރުކޮށްފައިވާއިރު ރައީސް ނަޝީދު ހައްޔަރުކޮށްފައިވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާ ކުރުމަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ހުށަައަޅާފައިވާއިރު ރައީސް ނަޝީދުގެ މައްޗަށް އެ މައްސަލާގައި އުފުލަނީ ޓެރަރިޒަމްގެ ދައުވާއެވެ.

ރައީސް ނަޝީދު މިހާރު ދޫނިދޫއަށް ގެންގޮސްފައިވާއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ މާލޭގައި މުޒާހަރާކުރަމުންނެވެ. ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދުވެސް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތުލިބެ އެވެ.

ފުލުހުންގެ ޓީމެއް ރައީސް ނަޝީދު ހައްޔަރުކުރުމަށް ޔާގޫތައް ވަދެފައިވާއިރު ފުލުހުން ރައީސް ނަޝީދު ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. ފުލުހުން ވަނީ ސަޕޯޓަރުން ރައީސް ނަޝީދު ހައްޔަރުކޮށްގެން ގެންދިއުމަށް ހުރަސްއެޅުމުން ޕޭޕަރސްޕްރޭ ޖަހާފަ އެވެ. އަދި މިހާރު އެ ސަރަހައްދުގެ ސެކްރިޓީވެސް ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355